Ad-Dukhan 44:1 حم ١
حمٓ
١
(1) حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ.
• ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ.
1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ.
2- ދެވަނަ ފައިދާއަކީ، އެވަގުތު عربي ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير =
Read Tafsir
Ibn Kathir (Abridged)
Which was revealed in Makkah
In Musnad Al-Bazzar, it is recorded from Abu At-Tufayl `Amir bin Wathilah from Zayd bin Harithah that the Messenger of Allah ﷺ said to Ibn Sayyad:
«إِنِّي قَدْ خَبَأْتُ خَبْأً فَمَا هُوَ؟»
(I am concealing something, what is it) And the Messenger of Allah ﷺ was concealing S
…Which was revealed in Makkah
In Musnad Al-Bazzar, it is recorded from Abu At-Tufayl `Amir bin Wathilah from Zayd bin Harithah that the Messenger of All
…