Al-An'am 6:52 ولا تطرد الذين يدعون ربهم بالغداة والعشي يريدون وجهه ما عليك من حسابهم من شيء وما من حسابك عليهم من شيء فتطردهم فتكون من الظالمين ٥٢
وَلَا
تَطۡرُدِ
ٱلَّذِينَ
يَدۡعُونَ
رَبَّهُم
بِٱلۡغَدَوٰةِ
وَٱلۡعَشِيِّ
يُرِيدُونَ
وَجۡهَهُۥۖ
مَا
عَلَيۡكَ
مِنۡ
حِسَابِهِم
مِّن
شَيۡءٖ
وَمَا
مِنۡ
حِسَابِكَ
عَلَيۡهِم
مِّن
شَيۡءٖ
فَتَطۡرُدَهُمۡ
فَتَكُونَ
مِنَ
ٱلظَّٰلِمِينَ
٥٢
(52) އަދި އެބައިމީހުން އެމީހުންގެ رَبّ ގެ وجه ފުޅު އެދިގެން - އެކަލާނގެ ރުހިވޮޑިގަތުން އެދިގެން - ހެނދުނާއި ހަވީރު އެމީހުންގެ رَبّ އަށް دعاء ކޮށް (فرض ފަސްނަމާދުކޮށް) ހަދާމީހުން ކަލޭގެފާނު ދުރުކުރައްވާ ފައްސަވާ ނުލައްވާށެވެ! (އެހެނީ) އެމީހުންގެ ހިސާބުގެތެރެއިން އެއްވެސް އެއްޗެއް ކަލޭގެފާނުންގެ މައްޗަކަށް ނުވެއެވެ. (އެމީހުންގެ ހިސާބާއި ކަލޭގެފާނު ذِمّة ވާކަށް ނުޖެހޭނެއެވެ.) އަދި ކަލޭގެފާނުންގެ ހިސާބުގެ އެއްވެސް އެއްޗެއް އެމީހުންގެމައްޗަކަށް ނުވެއެވެ. (އެހެން އެކަންއޮތްއިރު) ދެން ކަލޭގެފާނު އެމީހުން ފައްސާލައްވާ ދުރުކުރައްވައިފިއްޔާ ފަހެ ކަލޭގެފާނު އޭރުން ވެވަޑައިގަންނަވާނީ އަނިޔާވެރިންގެ ތެރެއިންނެވެ.
• ދަންނައެވެ! ابن مسعود ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއް أبو جعفر الطّبري އެކަލޭގެފާނުންގެ تفسير ގައި ލިއުއްވާފައިވެއެވެ. نبيُّ ﷲ ﷺ ގެ އަރިހަށް قريش ންގެ ބޮޑެތި ބަޔަކު ވަޑައިގެންނެވިއެވެ. އެއީ ކާފަރު ބައެކެވެ. އޭރު އެކަލޭގެފާނުންގެ އަރިހުގައި مسلم ންގެ މާތްބަޔަކު އެކަމަކު ނިކަމެތިވެ ދެރަ ضعيف ބަޔަކުވެއެވެ. އެއީ صَهَيبُ އާއި عَمَّار އާއި بِلاَل އާއި خَبَّابُ އާއި އަދިވެސް މިފަދަ އެހެންމީހުންނެވެ. ދެންފަހެ قريش ންގެ ބޮޑެތި ކާފަރުން رسول ﷲ ﷺ އަށް ދެންނެވީ ކަލޭގެފާނު ތިޔަ ރުހިވަޑައިގަންނަވަނީ މިމީސްމީހުންނަށްތޯއެވެ؟ އަހުރެމެން ފިޔަވައި ﷲ އެބައެއްގެމައްޗަށް ދަރުމަވަންތަވެރިވެވޮޑިގެންނެވިބަޔަކީ މިއީތޯއެވެ؟ އަހުރެމެން މިމީހުންނާއި تبع ވެގެން އުޅެންވީތޯއެވެ؟ އެމީހުން އުޅޭގޮތަށް އުޅެންވީތޯއެވެ؟ ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސަވައިލައްވާށެވެ! ކަލޭގެފާނުންގެ އަރިހުން ކަލޭގެފާނު އެމީހުން ދުރުކުރައްވައި ފައްސައިލައްވަވައިއިފިއްޔާ އަހުރެމެން ކަލޭގެފާނާ تبع ވެވުން أمّيد ކުރެވެއެވެ. މިއެވެ. އެ وَاقعة އާއި ގުޅިގެން އިސްވެދިޔަ އާޔަތް ބާވައިލެއްވުނުކަމުގައިވެއެވެ. މިމާނާއިގައިވާ ވަރަށްގިނަ ރިވާޔަތް އައިސްފައިވެއެވެ.
Read Tafsir
Ibn Kathir (Abridged)
The Messenger Neither has the Key to Allah's Treasures, Nor Knows the Unseen
Allah said to His Messenger ,
قُل لاَّ أَقُولُ لَكُمْ عِندِى خَزَآئِنُ اللَّهِ
(Say: "I don't tell you that with me are the treasures of Allah.") meaning, I do not own Allah's treasures or have any power over them,
وَلا أَعْلَم
…The Messenger Neither has the Key to Allah's Treasures, Nor Knows the Unseen
Allah said to His Messenger ,
قُل لاَّ أَقُولُ لَكُمْ عِندِى خَزَآئِنُ اللّ
…