Sign in
Sign in
Sign in
Select Language
029

Al-'Ankabut 29:61 ولين سالتهم من خلق السماوات والارض وسخر الشمس والقمر ليقولن الله فانى يوفكون ٦١

29:61
وَلَئِن
سَأَلۡتَهُم
مَّنۡ
خَلَقَ
ٱلسَّمَٰوَٰتِ
وَٱلۡأَرۡضَ
وَسَخَّرَ
ٱلشَّمۡسَ
وَٱلۡقَمَرَ
لَيَقُولُنَّ
ٱللَّهُۖ
فَأَنَّىٰ
يُؤۡفَكُونَ
٦١
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު خدمة ތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: مشرك ން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
Continue Reading

Read Tafsir

Ibn Kathir (Abridged)

Evidences of Tawhid

Allah states that there is no God but He. The idolators who worshipped others besides Him recognized that He was the sole creator of the heavens and earth, the sun and the moon, alternating the night and day. They acknowledged that He was the Creator Who provided for His servants

…

Evidences of Tawhid

Allah states that there is no God but He. The idolators who worshipped others besides Him recognized that He was the sole creator o

…
More Tafsirs

Read in Context

Chapter 29, Page 403, Juz 21

52. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދު ހެތްކެއް ކަމަށް اللَّه ފުދެއެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. باطل ކަންތަކަށް إيمان ވެ، އަދި اللَّه އަށް كافر ވެގެންވާ މީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނަކީ ހަމަ އެއުރެންނެވެ. 53. عذاب އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެއުރެން އެދޭނެތެވެ. ކަނޑައެޅިގެންވާ مدة އެއް ނެތްނަމަ، عذاب އެއުރެންނާ ހަމަޔަށް އަތުވެއްޖައީސްކަން ކަށަވަރެވެ. އަދި އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް އެއުރެންނާ ހަމަޔަށް އެކަން އަންނާނެކަން ކަށަވަރެވެ. 54. عذاب އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެއުރެން އެދޭނެތެވެ. ހަމަކަށަވަރުން، ނަރަކަވަނީ كافر ން ވަށައިލާފައިކަން ކަށަވަރެވެ. 55. އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން عذاب އައިސްޖެހޭ ދުވަހެވެ. އަދި އެދުވަހުން އެކަލާނގެ އަންގަވާނެތެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! 56. އޭ (ތިމަންރަސްކަލާނގެއަށް) إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިން (ތިޔަބައިމީހުން هجرة ކުރުމަށްޓަކައި) ތަނަވަސްވެގެންވެތެވެ. ފަހެ، ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާހުށިކަމެވެ! 57. ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ. 58. އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ އެންމެމަތީ ދަރަޖަތަކަށް ތިމަންރަސްކަލާނގެ އެއުރެން ލައްވާހުށީމެވެ. އެއުރެން އެތަންތާނގައި ދެމިތިބޭ ގޮތުގައެވެ. ހެޔޮ عمل ކުޅަ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ! 59. އެއުރެންނީ ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނެވެ. 60. ދިރޭތަކެތީގެ ތެރެއިން އެ އެއްޗެއްގެ رزق ލިބިގަތުމަށް ކުޅަދާނަވެގެން ނުވާ ކިތައް ކިތައްއެތި ވޭހެއްޔެވެ؟ އެ ތަކެއްޗަށާއި، ތިޔަބައިމީހުންނަށް رزق ދެއްވަނީ اللَّه އެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 61. ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު خدمة ތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: مشرك ން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟ 62. اللَّه، އެކަލާނގެ އަޅުތަކުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 63. އަދި ހަމަކަށަވަރުން، އުޑުން ފެންބާވައިލައްވައި، ބިން މަރުވެފައި އޮތުމަށްފަހު، އެ ފެނުން ބިމަށް ދިރުން ދެއްވީ ކާކުހޭ އެއުރެން ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، ހަމަކަށަވަރުން، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އޭގެތެރެއިން ގިނަމީހުންނަކަށް (އެކަމެއް) ނުވިސްނެތެވެ.

- Office of the President of Maldives

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute