Sign in
Sign in
Sign in
Select Language
007

Al-A'raf 7:133 فارسلنا عليهم الطوفان والجراد والقمل والضفادع والدم ايات مفصلات فاستكبروا وكانوا قوما مجرمين ١٣٣

7:133
فَأَرۡسَلۡنَا
عَلَيۡهِمُ
ٱلطُّوفَانَ
وَٱلۡجَرَادَ
وَٱلۡقُمَّلَ
وَٱلضَّفَادِعَ
وَٱلدَّمَ
ءَايَٰتٖ
مُّفَصَّلَٰتٖ
فَٱسۡتَكۡبَرُواْ
وَكَانُواْ
قَوۡمٗا
مُّجۡرِمِينَ
١٣٣
ދެން ކަނޑައެޅި، ބަޔާންވެގެންހުރި آية ތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفان އާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

Allah punishes the People of Fir`awn because of Their Rebellion

Allah describes the rebellion, tyranny, defiance of the truth and insistence on falsehood of the people of Fir`awn, prompting them to proclaim,

مَهْمَا تَأْتِنَا بِهِ مِن ءَايَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ

("Whate

…

Allah punishes the People of Fir`awn because of Their Rebellion

Allah describes the rebellion, tyranny, defiance of the truth and insistence on falseho

…
More Tafsirs

Read in Context

Chapter 7, Page 166, Juz 9

130. ހަމަކަށަވަރުން، ތަދުމަޑު އަހަރުތަކާއި، މޭވާތަކުގެ އުނިކަން މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ فرعون ގެ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ. 131. ފަހެ، އެއުރެންނާ ހަމަޔަށް ހެޔޮގޮތް އަތުވެއްޖެނަމަ، މިއީ ތިމަންމެންނަށް އޮތްކަމެކޭ އެއުރެން ބުނެތެވެ. އަދި އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ، موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ސުންޕާކަމުން ޖެހުނުކަމެއްކަމުގައި އެއުރެން ހަދަތެވެ. ދަންނާށެވެ! އެއުރެންނަށް ސުންޕާގޮތް މެދުވެރިވުންވަނީ، اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ. 132. އެއުރެން ދެންނެވޫއެވެ. ތިމަންމެން، އޭގެ ޖާދޫގައި ޖެއްސެވުމަށްޓަކައި آية ތަކުގެ ތެރެއިން ކޮންމެފަދަ آية އެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި ތިމަންމެން ނުވާހުށީމުއެވެ. 133. ދެން ކަނޑައެޅި، ބަޔާންވެގެންހުރި آية ތަކެއް ކަމުގައި (ފެންބޮޑުވުމުގެ) طوفان އާއި، ގޮއްފުޅަންގާއި، އުކުނާއި، ބޮކާއި، ލޭ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. ދެންވެސް އެއުރެން ބޮޑާވެގަތޫއެވެ. އަދި އެއުރެން ކުށްވެރި ބަޔަކު ކަމުގައިވިއެވެ. 134. އެއުރެންގެ މައްޗަށް މި عذاب އައިސްޖެހުނުހިނދު އެއުރެން ދެންނެވިއެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ތިމަންމެންނަށްޓަކައި، دعاء ކޮށްދެއްވާށެވެ. ކަލޭގެފާނަށް އެކަލާނގެ عهد ކުރައްވައި އަންގަވާފައިވާ ގޮތުގެމަތިންނެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން މި عذاب ފިއްލަވައިފިނަމަ، ހަމަކަށަވަރުން، ކަލޭގެފާނަށް ތިމަންމެން إيمان ވާހުށީމެވެ. އަދި ކަލޭގެފާނުގެ އަރިހުގައި އިސްރާއީލުގެދަރިން ފޮނުވާހުށީމެވެ. 135. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެ މުއްދަތެއް ހަމަވަނިވި މުއްދަތަކަށް، އެ عذاب ފިއްލެވިހިނދު، އެހާރުން عهد އުވާލާ ބަޔަކު ކަމުގައި އެއުރެން ވޫއެވެ. 136. ދެން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ކަނޑުގެ ތެރެޔަށް އެއުރެން غرق ކުރެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކޮށް، އެ آية ތަކާމެދު غافل ވީ ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ. 137. ނިކަމެތިކޮށް ހިތެމުންދިޔަ قوم ގެމީހުންނަށް، ބިމުގެ އިރުމައްޗާއި، އެ ބިމުގެ ހުޅަނގު، ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވީމެވެ. އެއީ ތިމަންރަސްކަލާނގެ އެތަންތާނގައި بركات ލައްވާފައިވާ ތަންތަނެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްރާއީލުގެދަރިންނަށް ދެއްވާފައިވާ (وعد ގެ) ހެޔޮބަސްފުޅު، އެއުރެން ކެތްތެރިވުމުގެ ސަބަބުން ފުރިހަމަވެގެންދިޔައެވެ. އަދި ތިމަންރަސްކަލާނގެ، فرعون އާއި، އޭނާގެ قوم ގެމީހުން ހަދަމުންގެންދިޔަ ތަކެއްޗާއި، އެއުރެން ބިނާކުރަމުންގެންދިޔަ عمارات ތައް ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ.

- Office of the President of Maldives

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute