Al-A'raf 7:133 فارسلنا عليهم الطوفان والجراد والقمل والضفادع والدم ايات مفصلات فاستكبروا وكانوا قوما مجرمين ١٣٣
فَأَرۡسَلۡنَا
عَلَيۡهِمُ
ٱلطُّوفَانَ
وَٱلۡجَرَادَ
وَٱلۡقُمَّلَ
وَٱلضَّفَادِعَ
وَٱلدَّمَ
ءَايَٰتٖ
مُّفَصَّلَٰتٖ
فَٱسۡتَكۡبَرُواْ
وَكَانُواْ
قَوۡمٗا
مُّجۡرِمِينَ
١٣٣
(133) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (عبرة حاصل ކުރުމަށް) طوفان އާއި، ގޮއްފުޅަންގާ، އުކުނާއި، އަދި ބޮކާއި އަދި ލެއި ފޮނުވީމެވެ. އެއީ بيان ވެ ފައުޅުވެގެންވާ دليل ތަކެކެވެ. معجزة ތަކެކެވެ. ފަހެ އެމީހުން އެހުރިހާކަމެއް ފެނުނީމާވެސް ބޮޑާވީއެވެ. އަދި އެމީހުންވީ ނުބައިނުލަފާ ބަޔަކުކަމުގައެވެ. ބޮޑެތި ފާފަކުރާ ބަޔަކުކަމުގައެވެ.
• ދަންނައެވެ. فرعون އާއި އޭނާގެ قوم ކަމުގައިވާ قبطي އިންނަށް ﷲ تعالى އެތައްބާވަތެއްގެ މުސީބަތަކާއި ބަލާއެއް ޖެއްސެވިއެވެ. އެއީ އެމީހުން ކިޔަމަންވެ موسى عليه السّلام ގެ رسول ކަން ތެދުކޮށް قبول ކުރޭތޯއެވެ.
(1) އޭގެ އެއްކަމަކީ طوفان އެކެވެ. އެއީ ވާރޭފެނުގެ طوفان އެކެވެ. އޭގެ ސަބަބުން އެމީހުންގެ ދަނޑުތައް ހަލާކުވެ ބޮޑު مصيبة އަކަށްވެގެންދިއުމުން موسى ގެފާނަށް އެމީހުން ދެންނެވީ، އޭ موسى އެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައިތޯ ކަލޭގެފާނުންގެ رَبّ އަށް ދަންނަވައި ދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިލައްޖެއްޔާ އަހުރެމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުގައި بَنِي إسرائيل ފޮނުއްވައިދޭނަމެވެ. ދެންފަހެ އެކަލޭގެފާނު ﷲ އަށް دعاء ކުރައްވައި އެކަން ފިއްލަވައިފިއެވެ. ހަމަ އެކަން ފިއްލަވައި ލުއިކޮށްދެއްވުމުން އެމީހުންކުރި وعد އުވައިލީއެވެ. އީމާންވެސްވީއެއްނޫނެވެ. އަދި موسى ގެފާނު އަރިގައި بَنِي إسرائيل ފޮނުއްވީއެއްވެސް ނޫނެވެ. އަދި ނުކިޔަމަންތެރިކަން އިތުރުވީއެވެ.
(2) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ގޮއްފުޅަނގީގެ لشكر އެކެވެ. އެސޮރުމެން އައިސް އެމީހުންގެ ދަނޑުތައް ކައި ފޭރާންތައްވެސް ކައިހަދަން ފަށައިފިއެވެ. މި مصيبة ކުރީގެ مصيبة އަށްވުރެ މާބޮޑުވެއްޖެއެވެ. މިފަހަރުވެސް موسى ގެފާނަށް ދަންނަވައިގެން ކުރީގެ شرط ތަކުގެ މައްޗަށް އެކަން ފިއްލަވައިފިއެވެ. ދެންވެސް عهد އުވައިލީއެވެ.
(3) ދެން ފޮނުއްވީ އުކުނުގެ لشكر އެކެވެ. އޭގެސަބަބުން ނިދެނީއެއްނޫނެވެ. ރޭގަޑު ނުނިދައިތިބެގެން އުކުނު ނެގުމެވެ. ކެވެނީއެއްނޫނެވެ. ކާތަށީގައިވެސް އެބައިވަރުތަކެވެ. މި مصيبة ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައިގެން އީމާންވުމުގެ شرط ގެމައްޗަށާއި އަދި بَنِي إسرائيل ފޮނުވައިދިނުމުގެ شرط ގެމައްޗަށް އެކަން ފިއްލަވައިފިއެވެ. އަލުންވެސް އެމީހުން އެމީހުންގެ ހުވައި އުވާލައި ނުކިޔަމަންތެރިވެގެންފިއެވެ.
(4) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ބޮކުގެ مصيبة އެކެވެ. އެތަކެތީގެ އުނދަގޫއަރައިގެން ދިޔަވަރަކީ މީހާ އިށީނދެ އިންނައިރު ތުނބުޅީގައިވެސް ބޮއްތަކެވެ. ބަހެއް ބުނަން އަނގަހުޅުވައިލާއިރު އަނގައިތެރެއަށް އެވަންނަނީ ބޮކެވެ. ކާއިރުތަށީގައި ބޮކެވެ. ތަންމަތީގައި ބޮކެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައި އެކަލޭގެފާނު ﷲ އަށް دعاء ކުރެއްވުމުން އެކަން ފިލައިގެންދިޔައީއެވެ. އެއީވެސް ކުރީން ހުށަހަޅާ ދެ شرط ގެ މައްޗަށެވެ. މިފަހަރުވެސް ހުވައި އުވާލާ ނުކިޔަމަންތެރިވެގަތީއެވެ.
(5) ދެން އެކަލާނގެ އެމީހުންނަށް ފޮނުއްވީ ލޭގެ ބަލާވެރިކަމެކެވެ. އެމީހުން ބޯފެނަކަށްވެސް ހުންނަނީ ލެއެވެ. ވަޅުތަކާއި ކޯރުތަކުގައި ލެއެވެ. ބައެއް ރިވާޔަތުގައިވާގޮތުން ނީލަކޯރުވެސް ލެޔަށް ވިއެވެ. ކޮންމެއަކަސް މިކަން ބޮޑުވެގެންވެސް موسى ގެފާނަށް ދަންނަވައިގެން އެކަލޭގެފާނު دعاء ކުރެއްވުމުން އެކަން ފިއްލަވައިފިއެވެ. ކޮންމެފަހަރަކުވެސް އީމާންވުމާއި بَنِي إسرائيل موسى عليه السّلام އާއިއެކު ފޮނުއްވުމުގެ شرط ގެ މަތީންނެވެ. ނަމަވެސް އެކަމެއް ހަމަފިއްލެވުމުން އެމީހުން ހުވައި އުވައިލަނީއެވެ. ދޮގުހަދަނީއެވެ.
ފަހެ އިސްވެދިޔަ ކަންތައްތަކަށް އިޝާރަތްކުރައްވާފައި އެވަނީ އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة ތަކެއްކަމަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވީއެވެ. އެމީހުންވީ ނުބައި ނުލަފާ ބަޔަކުކަމުގައެވެ. مجرمُ ންކަމުގައެވެ.
Read Tafsir
Ibn Kathir (Abridged)
Allah punishes the People of Fir`awn because of Their Rebellion
Allah describes the rebellion, tyranny, defiance of the truth and insistence on falsehood of the people of Fir`awn, prompting them to proclaim,
مَهْمَا تَأْتِنَا بِهِ مِن ءَايَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ
("Whate
…Allah punishes the People of Fir`awn because of Their Rebellion
Allah describes the rebellion, tyranny, defiance of the truth and insistence on falseho
…