Sign in
Sign in
Sign in
Select Language
007

Al-A'raf 7:191 ايشركون ما لا يخلق شييا وهم يخلقون ١٩١

7:191
أَيُشۡرِكُونَ
مَا
لَا
يَخۡلُقُ
شَيۡـٔٗا
وَهُمۡ
يُخۡلَقُونَ
١٩١
އެއްވެސް އެއްޗެއް ހެދުމަށް ކުޅަދާނަވެގެންނުވާ ތަކެތި، އެއުރެން (އެކަލާނގެއަށް) شريك ކުރަނީހެއްޔެވެ؟ خود އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

Idols do not create, help, or have Power over Anything

Allah admonishes the idolators who worshipped idols, rivals and images besides Him, although these objects were created by Allah, and neither own anything nor can they bring harm or benefit. These objects do not see or give aid to those who worsh

…

Idols do not create, help, or have Power over Anything

Allah admonishes the idolators who worshipped idols, rivals and images besides Him, although the

…
More Tafsirs

Read in Context

Chapter 7, Page 175, Juz 9

189. އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އަދި އެ نفس ން، އެ نفس ގެ އަނބި ހެއްދެވިއެވެ. (އެއީ) އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. ފަހެ، އޭނާ އެކަނބުލޭގެއާ އެއްދާންކުރި ހިނދު، ލުއިގޮތެއްގައި ހައްޔަރުގައި އިނދެ އެކަމުގައި ދުވަސްތަކެއް ވޭތުވިއެވެ. ދެންފަހެ، (އެކަމުން) ބުރަވިހިނދު، އެ ދެމީހުންގެ ވެރި اللَّه އަށް އެ ދެމީހުން دعاء ކުރިއެވެ. އިބަރަސްކަލާނގެ އަޅަމެންނަށް صالح ދަރިއަކު ދެއްވައިފިނަމަ، شكر ކުރާ މީހުންގެ ތެރެއިން ހަމަކަށަވަރުން، އަޅަމެން ވާހުށީމެވެ. 190. ފަހެ، އެ ދެމީހުންނަށް صالح ދަރިއަކު ދެއްވިހިނދު، އެކަލާނގެ އެ ދެމީހުންނަށް ދެއްވި ދެއްވުމާމެދު، އެ ދެމީހުން (އެބަހީ: آدم ގެފާނުގެ ދަރިކޮޅުގެ މީހުންކުރެ كافر ވިމީހުން) އެކަލާނގެއަށް شريك ންތަކެއް ލައިފިއެވެ. ފަހެ، އެއުރެން شريك ކުރާ ތަކެތި ފިޔަވައި، اللَّه މަތިވެރިވެ ވޮޑިގެންވެއެވެ. 191. އެއްވެސް އެއްޗެއް ހެދުމަށް ކުޅަދާނަވެގެންނުވާ ތަކެތި، އެއުރެން (އެކަލާނގެއަށް) شريك ކުރަނީހެއްޔެވެ؟ خود އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. 192. އަދި އެއުރެންނަށް އެއްވެސް نصر އެއް ދިނުމަކަށް އެތަކެއްޗަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެތަކެތީގެ އަމިއްލަ ޒާތަށްވެސް، نصر އެއް ނުދެވޭނޭމެއެވެ. 193. ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެތަކެއްޗެއް ތިޔަބައިމީހުންނަކަށް تبع އެއް ނުވާނެތެވެ. އެ ތަކެއްޗަށް ތިޔަބައިމީހުން ގޮވިޔަސް، ނުވަތަ ނުގޮވައި ހަނުތިއްބަސް، ތިޔަބައިމީހުންނަށް ހަމަހަމަވެގެންވެތެވެ. 194. ހަމަކަށަވަރުން، اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށް އަޅުކަން ކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ. ފަހެ، ތިޔަބައިމީހުންނީ ތެދުބުނާ މީހުން ކަމުގައިވާނަމަ، ތިޔަބައިމީހުންނަށް އެފަރާތްތައް އިޖާބަދޭތޯ ނިކަން ތިޔަބައިމީހުން އެފަރާތްތަކަށް ގޮވައިބަލާށެވެ! 195. އެއިން ހިނގާނޭ ފައިތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ބާރުދައްކައި އުޅޭނޭ އަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން ދެކޭނޭ ލޯތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ނުވަތަ އެއިން އަހާނޭ ކަންފަތްތަކެއް އެފަރާތްތަކަށް ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ބައިވެރިންތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ދެން ތިމަންކަލޭގެފާނާމެދު މަކަރުވެރި ރޭވުން ރާވަމުން ގެންގޮސްބަލާށެވެ! އަދި ތިމަންކަލޭގެފާނަށްޓަކައި ލަސްނުކުރާށެވެ! 196. ހަމަކަށަވަރުން، ތިމަންގެ އެހީތެރި ފަރާތަކީ، اللَّه އެވެ. އެކަލާނގެއީ، ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، صالح ންނަށް އެހީތެރިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. 197. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އަޅުކަންކޮށް އުޅޭ ފަރާތްތަކަށް، ތިޔަބައިމީހުންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެފަރާތްތަކުގެ އަމިއްލަ نفس ތަކަށްވެސް نصر އެއް ނުދެވޭނެތެވެ. 198. ތިޔަބައިމީހުން އެތަކެއްޗަށް ތެދުމަގަށް ގޮވިޔަސް، އެފަރާތްތަކަކަށް ނީވެތެވެ. އަދި އެފަރާތްތައް ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެތެވެ. ނަމަވެސް (حقيقة ގައި) އެފަރާތްތަކަކަށް (ކަލޭގެފާނެއް) ނުފެނެތެވެ.

- Office of the President of Maldives

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute