Al-Baqarah 2:1 الم ١
الٓمٓ
١
(1) މިއަކުރުތަކާއި ދެންވެސް ބައެއް ސޫރަތް ފެށޭތަންތާގައި ހުންނަ މިބާވަތުގެ ތަފާތު އަކުރުތަކުގެ ފުރިހަމަ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ عامّ ކޮށް ހުރިހާ علم ވެރިންގެވެސް ފުރަތަމަބަހެވެ. އެޔާއެކުވެސް އެބޭކަލުން ތަފާތު رأى ތަކާއި خيال ތައް ފާޅުކުރައްވާފައިވެއެވެ. އޭގެތެރެއިން:
• قتادة ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ قرآن ގެ ނަންތަކުގެ ތެރެއިން ނަމެއްކަމަށެވެ.
• مُجَاهِدُ ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ الله تَعَالى ސޫރަތް ފައްޓަވައިދޭ فَوَاتِحُ ކަމަށެވެ. އެބަހީ: ފެށުންތަކެކެވެ.
• عبدالرّحمن بن زَيْد ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ ސޫރަތަށްވާ ނަމެއްކަމުގައެވެ.
• ابن عبّاس ވިދާޅުވިކަމަށް السّدّى ގެ އަރިހުންވާ ރިވާޔަތުގައިވަނީ އެއީ إسْمُ ﷲ الأعُظَمُ ކަމުގައެވެ.
• އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ ﷲ ގެ إسْمُ ފުޅެއްކަމުގައެވެ.
• އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ أَنَا ﷲ [أعلم]އެވެ. (އެބަހީ: ތިމަންރަސްކަލާނގެއީ ﷲ އެވެ. މޮޅަށް ދެނެވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.) އަދި أَبُو جَعْفَرُ الطَّبَرِي އެކަލޭގެފާނުންގެ މަޝްހޫރު تفسير جَامِعُ البَيَانُ ގައި މިނޫންވެސް ބައެއް تَأْوِيلُ ބަޔާންކުރައްވާފައިވެއެވެ.
• އަދި اِبْنُ كَثِيرއާއި އަދި ބައެއް ބޭކަލުން ވިދާޅުވަނީ އެއީ إعْجَازُ القرآن ގެތެރެއިންވާ ކަމެކެވެ. އެބަހީ: قرآن އާއިމެދު خلق ތަކުން ނުކުޅައްދައިލުމުގެ ބާބުގެތެރެއިންވާ ކަމެކެވެ. އެހެނީ خلق ތަކުންވަނީ قرآن އާއިމެދު ނުކުޅެދިފައެވެ. (وحي ކުރައްވާކަހަލައެވެ.) قرآن މިވަނީ ކަލޭމެންވެސް ދަންނަ މިފަދަ އަކުރުތަކުން އެކުލެވިގެންނެވެ. އެހެންވީއިރު ކަލޭމެންވެސް މިފަދަ قرآن އެއް ނުވަތަ ސޫރަތެއްނަމަވެސް ގެނެސްބަލާށެވެ. މިއެވެ.
ކޮންމެއަކަސް މިބާވަތުގެ އަކުރުތަކާއިމެދު ކުރެވިފައިވާ تَأْوِيل ތަކުގެ ތެރެއިން މި تَأْوِيل އާއިމެދު ވަރަށްގިނަބަޔަކު އާހޫންވެއެވެ. އެއީ ﷲ ގެ މުރާދުފުޅު ކަމުގައިވުންވެސް އެކަށީގެންވެއެވެ. والله أعلم.
Read Tafsir
Ibn Kathir (Abridged)
Which was revealed in Al-Madina
Virtues of Surat Al-Baqarah
The Virtues of Surat Al-Baqarah
In Musnad Ahmad, Sahih Muslim, At-Tirmidhi and An-Nasa'i, it is recorded that Abu Hurayrah said that the Prophet ﷺ said,
«لَا تَجْعَلُوا بُيُوتَكُمْ قُبُورًا فَإِنَّ الْبَيْتَ الَّذِي تُقْرَأُ فِيهِ سُورَةُ الْبَ
…Which was revealed in Al-Madina
Virtues of Surat Al-Baqarah
The Virtues of Surat Al-Baqarah
In Musnad Ahmad, Sahih Muslim, At-Tirmidhi and An-Nasa'i, it
…