Al-Baqarah 2:255 الله لا الاه الا هو الحي القيوم لا تاخذه سنة ولا نوم له ما في السماوات وما في الارض من ذا الذي يشفع عنده الا باذنه يعلم ما بين ايديهم وما خلفهم ولا يحيطون بشيء من علمه الا بما شاء وسع كرسيه السماوات والارض ولا ييوده حفظهما وهو العلي العظيم ٢٥٥
ٱللَّهُ
لَآ
إِلَٰهَ
إِلَّا
هُوَ
ٱلۡحَيُّ
ٱلۡقَيُّومُۚ
لَا
تَأۡخُذُهُۥ
سِنَةٞ
وَلَا
نَوۡمٞۚ
لَّهُۥ
مَا
فِي
ٱلسَّمَٰوَٰتِ
وَمَا
فِي
ٱلۡأَرۡضِۗ
مَن
ذَا
ٱلَّذِي
يَشۡفَعُ
عِندَهُۥٓ
إِلَّا
بِإِذۡنِهِۦۚ
يَعۡلَمُ
مَا
بَيۡنَ
أَيۡدِيهِمۡ
وَمَا
خَلۡفَهُمۡۖ
وَلَا
يُحِيطُونَ
بِشَيۡءٖ
مِّنۡ
عِلۡمِهِۦٓ
إِلَّا
بِمَا
شَآءَۚ
وَسِعَ
كُرۡسِيُّهُ
ٱلسَّمَٰوَٰتِ
وَٱلۡأَرۡضَۖ
وَلَا
يَـُٔودُهُۥ
حِفۡظُهُمَاۚ
وَهُوَ
ٱلۡعَلِيُّ
ٱلۡعَظِيمُ
٢٥٥
(255) ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން حقّ ވެގެންވާ އެއްވެސް އެހެން إله އަކުނުވާ ކަލާނގެއެވެ. އެކަލާނގެއީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ دَائمى حَيَاة އެއްވާ ކަލާނގެއެވެ. އަދި އެއީ خَلْقُ ތަކުންނަށް ރިޒުގުދެއްވުމާއި ބެލެހެއްޓެވުމާއި ރައްކާތެރިކުރެއްވުމުގައި قائم ވެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެއަށް ނިދިޖެހުމެއްނުވެއެވެ. އަދި ގަދަ އަވަހާރަފުޅުލެއްޕެވުމެއް ނުވެއެވެ. އުޑުތަކާއި ބިމުގައިވާހާތަކެތި مِلْكُ ވެވޮޑިގެންވަނީ خَاصّ ވެވޮޑިގެންވަނީ ހަމަ އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައި އެކަލާނގެ އިޒުނަފުޅާއިލައިގެން މެނުވީ شَفَاعَة ތެރިވާނީ ކާކުހެއްޔެވެ؟ އެބަހީ އެކަކަށްވެސް شفاعة ތެރިނުވެވޭނެއެވެ. އަދި خلق ތަކުންގެ ދުނިޔޭގެ ކަންތަކާއި އަދި آخرة ގެ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އެއްޗެއްމެނުވީ އެކަލާނގެ علم ފުޅުގެތެރެއިން އެކައްޗެއްވެސް خلق ތަކުންނަށް އެނގިގެން ނުވެއެވެ. އަދި އެކަލާނގެ كُرْسِ ފުޅު އުޑުތަކާއި ބިމުގައި ތަނަވަސްވެގެންވެއެވެ. އަދި އުޑުތަކާއި ބިން ބަލަހައްޓަވާ ރައްކާތެރިކުރެއްވުމަކަށް އެކަލާނގެއަށް ބުރަވެގެން ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ عِزّة ވަންތަ ހައިބަބޮޑުވެގެންވާ ކަލާނގެއެވެ.
• ﷲ ގެ كُرْسي އަކީ ކޮންއެއްޗެއްކަމާއިމެދު مُفَسِّر ންގެމެދުގައި إختلاف ވެގެންވެއެވެ. މި فَنُّ ގެ ބޮޑެތި عالم ން ވިދާޅުވަނީ އެއީ ﷲ ގެ ދެނެވޮޑިގަތުންކަމުގައެވެ. މިއީ علم ވެރިންގެ އެއް ރިވާޔަތެވެ. އަނެއް ރިވާޔަތަކީ އެކަލާނގެ كُرْس ފުޅަކީ އެކަލާނގެ ދެފައިންޕުޅު ބަލަހައްޓަވާ އެއްޗެކެވެ. މިރިވާޔަތުގެމައްޗަށް حديث ދަލީލުކުރެއެވެ. ބައެއް حديث ގެ ތަރުޖަމާގައިވެއެވެ. كُرْسي ގެ ނިސްބަތުގައި ހަތްއުޑުގެ مثال އަކީ އައްޑަނައެއްގައި ބޭއްވިފައިވާ ހަތް دِرْهَمُ ގެ މިސާލެވެ. كُرْسي އެހާބޮޑެވެ. އަދި عرشي ގެ ނިސްބަތުގައި كُرْسي ގެ މިސާލަކީ ހުސްބިމަކަށް އެއްލައިލާފައިވާ ދަގަނޑު ބޮޅެއްގެ މިސާލެވެ. عرشي އެހާވެސް ބޮޑެވެ. މި حديث تفسير الطبري ގައިވެސް ވެއެވެ. އަދި تفسير قرطبي ގައި أبو موسى الأشعري رضى ﷲ عنه ގެ އަރިހުން އައިސްފައިވާ ރިވާޔަތުގައިވެސްވަނީ كُرْسي އަކީ مَوْضِعُ القدَمَين އެވެ. يعني: ދެފައިންޕުޅު ބަހައްޓަވާތަނެވެ. علم التّوحيد ގެ أهل ވެރިންވެސް މި معلومات ތައް މިގޮތަށް بَيان ކުރައްވައެވެ. والله أعلم. ދެންފަހެ ﷲ ގެ ފައިންޕުޅެއް އަދި كُرْسي އެއް عرشي އެއް މިއިން އެއްވެސް އެއްޗެއްގެ ސިފައެއް كيفية އެއްކުރުން ހުއްދައެއްނޫނެވެ. ވައްތަރު بيان ކުރުން ހުއްދައެއްނޫނެވެ. އެއީ އެކަލާނގެ އަންގަވާފައިނުވުމާއިއެކު ދުށްމީހަކުވެސް ނުވެއެވެ. އެހެންވެ އެކަލާނގެ ސިފަފުޅުތައް بيان ކުރުމުގެ قانون ގެދަށުން كُرْسيގެ ކަންތައްވެސް ނިންމީމާ އޮންނާނީ ރަނގަޅަށެވެ. އެކަލާނގެ ސިފަފުޅުގެ قانون އަކީ ކީރިތި قرآن އާއި މާތް سُنّة ން އެކަލާނގެއަށް ސިފަފުޅެއްވާކަމުގައި އަންގަވަންޏާ އެސިފަފުޅެއް އެކަލާނގެއަށްވާ ކަމުގައި އަޅުގަނޑުމެންވާނީ ސާބިތުކުރާށެވެ. ނަމަވެސް ވައްތަރާއި ސިފަ، އަދި كيفية بيان ނުކުރުމެވެ. އެއީ لَيْسَ كَمِثْلِهِ شىءٌ وهو السّميع البصير: މިއާޔަތުގައިވާ قانون އެވެ. نفي އާއި إثبات އެވެ. ސިފަ ސާބިތުކޮށް كَيْفِيَّةُ ނަފީކުރުމެވެ. والله أعلم بالصّواب.
Read Tafsir
Ibn Kathir (Abridged)
The Virtue of Ayat Al-Kursi
This is Ayat Al-Kursi and tremendous virtues have been associated with it, for the authentic Hadith describes it as `the greatest Ayah in the Book of Allah.' Imam Ahmad recorded that `Ubayy bin Ka`b said that the Prophet asked him about the greatest Ayah in the Book of All
…The Virtue of Ayat Al-Kursi
This is Ayat Al-Kursi and tremendous virtues have been associated with it, for the authentic Hadith describes it as `the gr
…