Al-Baqarah 2:54 واذ قال موسى لقومه يا قوم انكم ظلمتم انفسكم باتخاذكم العجل فتوبوا الى باريكم فاقتلوا انفسكم ذالكم خير لكم عند باريكم فتاب عليكم انه هو التواب الرحيم ٥٤
وَإِذۡ
قَالَ
مُوسَىٰ
لِقَوۡمِهِۦ
يَٰقَوۡمِ
إِنَّكُمۡ
ظَلَمۡتُمۡ
أَنفُسَكُم
بِٱتِّخَاذِكُمُ
ٱلۡعِجۡلَ
فَتُوبُوٓاْ
إِلَىٰ
بَارِئِكُمۡ
فَٱقۡتُلُوٓاْ
أَنفُسَكُمۡ
ذَٰلِكُمۡ
خَيۡرٞ
لَّكُمۡ
عِندَ
بَارِئِكُمۡ
فَتَابَ
عَلَيۡكُمۡۚ
إِنَّهُۥ
هُوَ
ٱلتَّوَّابُ
ٱلرَّحِيمُ
٥٤
(54) އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم އަށް ވިދާޅުވިހިނދު (ހަނދާންކުރާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ.) އޭ އަހުރެންގެ قوم ގެ މީހުންނެވެ! ކަލޭމެން ޅަގެރި إله އެއްކަމުގައި ހަދައިގަތުމުގެ ސަބަބުން ކަލޭމެން ކަލޭމެންގެ نفس ތަކަށް އަނިޔާވެރިވެއްޖައީމުއެވެ. ފަހެ ކަލޭމެން ކަލޭމެން ހެއްދެވި ކަލާނގެ حضرة އަށް رجوع ވެ تَوبَة ވާށެވެ! ފަހެ ކަލޭމެންގެ نفس ތައް ކަލޭމެން މަރާށެވެ! ކަލޭމެން ހެއްދެވި ކަލާނގެ حضرة ގައި ކަލޭމެނަށް އެގޮތް ހެޔޮވެގެންވެއެވެ. ދެން ފަހެ އެކަލާނގެ ކަލޭމެންގެ މައްޗަށް توبة ލެއްވިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން توبَة ލައްވާ رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
• ދަންނައެވެ! މިއާޔަތްތަކުގައި بَيَان ވެގެން އެވަނީ موسى (عليه السّلام) ﷲ ގެ ميعاد އަށް طور ފަރުބަދައަށް ވަޑައިގަތުމުން سَامِرِى ކިޔާމީހަކު بَنِي إسْرَائيل ންގެތެރޭގައި ޅަގެރިއެއް ހަދައި އެއަށް އެތައްބަޔަކު އަޅުކަންކުރުމުގެ ސަބަބުން ﷲ އެމީހުންގެމައްޗަށް ކޯފާލައްވައި އެމީހުންގެ އެކަމުގެ توبَة ގެ ވާހަކައެވެ. އެކަމުގެ توبَة އެއްކަމުގައި މިވަނީ އެއް ރިވާޔަތެއްގައިވާގޮތުން ގެރިޔަށް އަޅުކަންކުރިމީހުން ނުކުމެ، ކަނޑިޔާ ވަޅިޔާ އެބާވަތުގެ ތަކެތީން އެމީހުން އެމީހުންނަށް ކަތިލާ މެރުމެވެ. އަނެއް ރިވާޔަތެއްގައިވާގޮތުން ގެރިޔަށް އަޅުކަންކުރިމީހުންނާ ގެރިޔަށް އަޅުކަން ނުކުރާމީހުންނާއި ދެމެދު قتل عَامُّ އެއް ހިންގައިލީއެވެ. އެއީ ﷲ ގެ أمر ފުޅެވެ. އެކަމުގައި بَنِي إسْرَائيل ގެ ހަތްދިހަހާސްމީހުން މަރުވެދިޔަކަމުގައި ގިނަރިވާޔަތް އައިސްފައިވެއެވެ. އެޔަށްފަހު އެމީހުންގެމައްޗަށް ﷲ توبة ލައްވައި އެކަން ނިމުނީއެވެ. މިވާހަކަތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިވާހަކަތަކުގެ تفصيل ތަކާއި އިތުރު معلومات އެހެން فرصة އެއްގައި بَيَان ކުރަން قصد ކުރާތީ މިހާވަރަށް މިވަގުތު ނިންމައިލީއެވެ... ދެން މިއަންނަ حادثة އަދި އެއަށްވުރެ عجائب ކަންބޮޑެވެ. އެއީ 55 56 ވަނަ އާޔަތުގެ حادثة އެވެ.
Read Tafsir
Ibn Kathir (Abridged)
The Children of Israel kill each other in Repentance
This was the repentance required from the Children of Israel for worshipping the calf. Commenting on Allah's statement;
وَإِذْ قَالَ مُوسَى لِقَوْمِهِ يَـقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ
(And (remember) when Musa sai
…The Children of Israel kill each other in Repentance
This was the repentance required from the Children of Israel for worshipping the calf. Commenting
…