Al-Baqarah 2:56 ثم بعثناكم من بعد موتكم لعلكم تشكرون ٥٦
ثُمَّ
بَعَثۡنَٰكُم
مِّنۢ
بَعۡدِ
مَوۡتِكُمۡ
لَعَلَّكُمۡ
تَشۡكُرُونَ
٥٦
(56) ދެން ތިމަންރަސްކަލާނގެ ކަލޭމެން މެރުއްވުމަށްފަހު އަލުން ދިރުއްވައި ދުނިޔެއަށް ފޮނުއްވީމެވެ. އެއީވެސް ކަލޭމެން شكر ކުރޭތޯއެވެ.
• ދަންނައެވެ! މިދެއާޔަތުގައި إشارة ވެގެންވާ حادثة تفسير ފޮތްތަކުގައި بَيَان ވެގެންވެއެވެ. އޭގެތެރެއިން طَبَرى ގެ تفسير ގައިވާ އެއްރިވާޔަތުގެ خُلاَصَة ވަރަށް ކުރުކޮށް ދަންނަވައިލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުމަށް ފަސޭހަޔަކަށެވެ.
بَني إسرائيل ންގެ ބައެއްމީހުން ގެރިޔަށް އަޅުކަންކުރުމަށްފަހު موسى (عليه السّلام) ވަޑައިގެން އެގެރި އަންދައިލާ އަޅިކޮޅު ކަނޑަށް ގިރުވައިލައްވާ سَامِري އާއި ދިމާއަށް އެވިދާޅުވިއެއްޗެއް ވިދާޅުވުމަށްފަހު، އެމީހުންގެމައްޗަށް توبَة ލައްވައިތޯ ﷲ އަށް ދެންނެވުމަށް بني إسرائيل ގެ ހަތްދިހަބޭކަލުންނާއިގެން طُورسِيناء އަށް ވަޑައިގެންނެވިއެވެ. އެއީ طاهر ވެ ރޯދައަށް ތިބެގެންނެވެ. އަދި އެކަން އެއީ ﷲ ގެ إِذْن ފުޅަށެވެ. ދެން ފަހެ موسى (عليه السّلام) އެ ފަރުބަދަޔާ ގާތްވެވަޑައިގަތުމުން މުޅިފަރުބަދަ ނިވައިވާވަރުގެ ވިލާގަނޑެއް އައިސް ފަރުބަދަ ނިވައިކޮށްލިއެވެ. ދެން موسى (عليه السّلام) އެވިލާގަނޑުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި އެބޭކަލުންނަށްވެސް އެކަލޭގެފާނުންގެ ގާތަށް އައުމަށް ވިދާޅުވިއެވެ. އަދި އެންމެ ބޭކަލުން ވިލާނގަޑުގެތެރެއަށް ވަދެ سجد އަށް ތިރިވިއެވެ. އަދި موسى عليه السّلام އަށް ﷲ تعالى ބަސްފުޅު وحي ކުރައްވައެވެ. أمر އާއި نهي ގެ އެންގެވުންތައް އަންގަވައެވެ. އެހަތްދިހަބޭކަލުންނަށްވެސް އެއަޑުފުޅު އިވެއެވެ. ދެން وحي އައިސް ނިމި ވިލާގަނޑުވެސް كَشْفُ ވެ ނިމުމުން އެމީހުން موسى عليه السّلام އަށް ދެންނެވީ ހަމަފާޅުގައި އެއްވެސް ހުރަހެއްނެތި އަހުރެމެންނަށް ﷲ ފެނުނީވިއްޔާމެނުވީ އަހުރެމެން ކަލޭގެފާނަށް އީމާނެއް ނުވާނަމެވެ. ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރާނަމެވެ.
ފަހެ މިބައިމީހުންގެ މި ބޭއަދަބީ ބަހާއި ވިދިގެން ގަދައަޑުފަށަކާއިއެކު އައި އަލިފާނަކުން موسى عليه السّلام ފިޔަވައި މިމީހުން މަރުވެގެން ހިނގައްޖެއެވެ. މިކަމާގުޅިގެން موسى عليه السّلام ވަރަށް ހިތާމަފުޅުކުރައްވައި އަސަރުން ފުރިގެންވާ صِيْغَة އަކުން ﷲ އަށް ދަންނަވައި دعاء ފުޅުކުރައްވައިފިއެވެ. އެވާހަކަތައް أعراف سورة ގެ 155 ވަނަ 156 ވަނަ އާޔަތުގައި بَيَان ވެގެންވެއެވެ. އެތަނުންވެސް ބައްލަވާށެވެ.
ދެންފަހެ މިހުރިހާ خبر ތަކާއި ވާހަކަތަކަކީ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބި މީހުންނާއިމެދު ހިނގާދިޔަކަންކަމެވެ. އަދި މީގެއިތުރުންވެސް އެތައްއެތައް ކަމެކެވެ. މިވާހަކަތައް މާފަހުން ބާވައިލެއްވި ކީރިތި قرآن ގައި وحي ކުރައްވައި بَني إسْرَائيل ންނާ مخاطب ކުރެއްވުމުގެ مقصد އަކީ އޭރު ދުނިޔޭގައިތިބި بَني إسْرَائيل ންކަމުގައި ހިމެނޭ يهودي ންނަށް مخاطب ކުރެއްވުމެކެވެ. ތިމާމެންގެ ކާބަފައިންނާ އެމީހުންގާތަށް ވަޑައިގެންނެވި رَسُول ންނާމެދު ކަންތައް ހިނގާދިޔަގޮތް އެންގެވުމަށެވެ. އެއިން عبرة حاصل ކޮށް މިހާރު މިހުންނެވި رسول ﷲ ﷺ އަށް ފުރިހަމައަށް އީމާންވުމަށެވެ. ކާބަފައިންގެތެރެއިން އެފަދަ ނޭއްގާނީ ކަންކަންހިންގި މީހުންނާ ތަބާނުވެ ﷲ އަށާއި رسول އާއަށް ފުރިހަމައަށް ކިޔަމަންވެ ބަސްއެހުމަށެވެ. والله أعلم.
ހޭއަރުވައިލުމެއް:-
مُوْسَى عَلَيْه السَّلام ގެ ދެންނެވުން: އަދި ﷲ تعالى ގެ حضرة ން ދެއްވައިފައިވާ އޭގެ ޖަވާބު
އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ استغفار ކުރުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ އަހުރެމެންނަށް ﷲ ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.) ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުން މަގުފުރައްދަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާންދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفوء ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ.
އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދެވެ. އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމުވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمة ލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ... އަދިމީގެ ފަހުއާޔަތުގައިވެސް މި مَوْضُوعُ ގެ ބައެއްވާހަކަވެއެވެ. ދެންއެބައި أعْرَافُ ސޫރަތުން ބައްލަވާނީއެވެ.
Read Tafsir
Ibn Kathir (Abridged)
The Best among the Children of Israel ask to see Allah; their subsequent Death and Resurrection
Allah said, `Remember My favor on you for resurrecting you after you were seized with lightning when you asked to see Me directly, which neither you nor anyone else can bear or attain.' This was said by Ib
…The Best among the Children of Israel ask to see Allah; their subsequent Death and Resurrection
Allah said, `Remember My favor on you for resurrecting
…