Sign in
Sign in
Sign in
Select Language
002

Al-Baqarah 2:57 وظللنا عليكم الغمام وانزلنا عليكم المن والسلوى كلوا من طيبات ما رزقناكم وما ظلمونا ولاكن كانوا انفسهم يظلمون ٥٧

2:57
وَظَلَّلۡنَا
عَلَيۡكُمُ
ٱلۡغَمَامَ
وَأَنزَلۡنَا
عَلَيۡكُمُ
ٱلۡمَنَّ
وَٱلسَّلۡوَىٰۖ
كُلُواْ
مِن
طَيِّبَٰتِ
مَا
رَزَقۡنَٰكُمۡۚ
وَمَا
ظَلَمُونَا
وَلَٰكِن
كَانُوٓاْ
أَنفُسَهُمۡ
يَظۡلِمُونَ
٥٧
(57) އަދި ތިމަންރަސްކަލާނގެ ކަލޭމެންގެމައްޗަށް ވިލާގަނޑުން ހިޔާއަޅުއްވައިދީ އަދި ކަލޭމެންގެމައްޗަށް (ކެއުމެއްގެގޮތުން) مَنٌّ އާއި سَلْوَى ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްދެއްވި ރަނގަޅު حلال ރިޒުގުން ކަލޭމެންކާށޭ އެންގެވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވާބަޔަކުކަމުގައެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Shade, the Manna and the Quail

After Allah mentioned the calamities that He saved the Children of Israel from, He mentioned the favors that He granted them, saying,

وَظَلَّلْنَا عَلَيْكُمُ الْغَمَامَ

And We shaded you with clouds. This Ayah mentions the white clouds that provided shade for the C

…

The Shade, the Manna and the Quail

After Allah mentioned the calamities that He saved the Children of Israel from, He mentioned the favors that He gra

…
More Tafsirs

Read in Context

Chapter 2, Page 8, Juz 1

55. (55) (އޭ بَني إسرائيل އެވެ!) ކަލޭމެން موسى (عليه السّلام) އަށް ދެންނެވިހިނދު (ހަނދާންކުރާށެވެ!) އޭ موسى އެވެ. ހަމަފާޅުގައި (އެއްވެސް ހުރަހެއްނެތި) ﷲ އަހުރެމެންނަށް ފެނިއްޖައުމަށްދާންދެން އަހުރެމެން ކަލޭގެފާނަށް އީމާންނުވާނަމެވެ. ދެންފަހެ ގަދައަޑުފަށާއިއެކުގައި އަލިފާންގަނޑު ކަލޭމެން ހިފައިގެންފިއެވެ. (އެބަހީ: އެ އަލިފާނުގެ ސަބަބުން ކަލޭމެން މަރުވީއެވެ.) އެއީ ހަމަ ކަލޭމެން ބަލަބަލާ ތިއްބާ ހިނގިކަމެކެވެ. 56. (56) ދެން ތިމަންރަސްކަލާނގެ ކަލޭމެން މެރުއްވުމަށްފަހު އަލުން ދިރުއްވައި ދުނިޔެއަށް ފޮނުއްވީމެވެ. އެއީވެސް ކަލޭމެން شكر ކުރޭތޯއެވެ. • ދަންނައެވެ! މިދެއާޔަތުގައި إشارة ވެގެންވާ حادثة تفسير ފޮތްތަކުގައި بَيَان ވެގެންވެއެވެ. އޭގެތެރެއިން طَبَرى ގެ تفسير ގައިވާ އެއްރިވާޔަތުގެ خُلاَصَة ވަރަށް ކުރުކޮށް ދަންނަވައިލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުމަށް ފަސޭހަޔަކަށެވެ. بَني إسرائيل ންގެ ބައެއްމީހުން ގެރިޔަށް އަޅުކަންކުރުމަށްފަހު موسى (عليه السّلام) ވަޑައިގެން އެގެރި އަންދައިލާ އަޅިކޮޅު ކަނޑަށް ގިރުވައިލައްވާ سَامِري އާއި ދިމާއަށް އެވިދާޅުވިއެއްޗެއް ވިދާޅުވުމަށްފަހު، އެމީހުންގެމައްޗަށް توبَة ލައްވައިތޯ ﷲ އަށް ދެންނެވުމަށް بني إسرائيل ގެ ހަތްދިހަބޭކަލުންނާއިގެން طُورسِيناء އަށް ވަޑައިގެންނެވިއެވެ. އެއީ طاهر ވެ ރޯދައަށް ތިބެގެންނެވެ. އަދި އެކަން އެއީ ﷲ ގެ إِذْن ފުޅަށެވެ. ދެން ފަހެ موسى (عليه السّلام) އެ ފަރުބަދަޔާ ގާތްވެވަޑައިގަތުމުން މުޅިފަރުބަދަ ނިވައިވާވަރުގެ ވިލާގަނޑެއް އައިސް ފަރުބަދަ ނިވައިކޮށްލިއެވެ. ދެން موسى (عليه السّلام) އެވިލާގަނޑުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި އެބޭކަލުންނަށްވެސް އެކަލޭގެފާނުންގެ ގާތަށް އައުމަށް ވިދާޅުވިއެވެ. އަދި އެންމެ ބޭކަލުން ވިލާނގަޑުގެތެރެއަށް ވަދެ سجد އަށް ތިރިވިއެވެ. އަދި موسى عليه السّلام އަށް ﷲ تعالى ބަސްފުޅު وحي ކުރައްވައެވެ. أمر އާއި نهي ގެ އެންގެވުންތައް އަންގަވައެވެ. އެހަތްދިހަބޭކަލުންނަށްވެސް އެއަޑުފުޅު އިވެއެވެ. ދެން وحي އައިސް ނިމި ވިލާގަނޑުވެސް كَشْفُ ވެ ނިމުމުން އެމީހުން موسى عليه السّلام އަށް ދެންނެވީ ހަމަފާޅުގައި އެއްވެސް ހުރަހެއްނެތި އަހުރެމެންނަށް ﷲ ފެނުނީވިއްޔާމެނުވީ އަހުރެމެން ކަލޭގެފާނަށް އީމާނެއް ނުވާނަމެވެ. ކަލޭގެފާނުންގެ ބަސްފުޅު ތެދުނުކުރާނަމެވެ. ފަހެ މިބައިމީހުންގެ މި ބޭއަދަބީ ބަހާއި ވިދިގެން ގަދައަޑުފަށަކާއިއެކު އައި އަލިފާނަކުން موسى عليه السّلام ފިޔަވައި މިމީހުން މަރުވެގެން ހިނގައްޖެއެވެ. މިކަމާގުޅިގެން موسى عليه السّلام ވަރަށް ހިތާމަފުޅުކުރައްވައި އަސަރުން ފުރިގެންވާ صِيْغَة އަކުން ﷲ އަށް ދަންނަވައި دعاء ފުޅުކުރައްވައިފިއެވެ. އެވާހަކަތައް أعراف سورة ގެ 155 ވަނަ 156 ވަނަ އާޔަތުގައި بَيَان ވެގެންވެއެވެ. އެތަނުންވެސް ބައްލަވާށެވެ. ދެންފަހެ މިހުރިހާ خبر ތަކާއި ވާހަކަތަކަކީ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބި މީހުންނާއިމެދު ހިނގާދިޔަކަންކަމެވެ. އަދި މީގެއިތުރުންވެސް އެތައްއެތައް ކަމެކެވެ. މިވާހަކަތައް މާފަހުން ބާވައިލެއްވި ކީރިތި قرآن ގައި وحي ކުރައްވައި بَني إسْرَائيل ންނާ مخاطب ކުރެއްވުމުގެ مقصد އަކީ އޭރު ދުނިޔޭގައިތިބި بَني إسْرَائيل ންކަމުގައި ހިމެނޭ يهودي ންނަށް مخاطب ކުރެއްވުމެކެވެ. ތިމާމެންގެ ކާބަފައިންނާ އެމީހުންގާތަށް ވަޑައިގެންނެވި رَسُول ންނާމެދު ކަންތައް ހިނގާދިޔަގޮތް އެންގެވުމަށެވެ. އެއިން عبرة حاصل ކޮށް މިހާރު މިހުންނެވި رسول ﷲ ﷺ އަށް ފުރިހަމައަށް އީމާންވުމަށެވެ. ކާބަފައިންގެތެރެއިން އެފަދަ ނޭއްގާނީ ކަންކަންހިންގި މީހުންނާ ތަބާނުވެ ﷲ އަށާއި رسول އާއަށް ފުރިހަމައަށް ކިޔަމަންވެ ބަސްއެހުމަށެވެ. والله أعلم. ހޭއަރުވައިލުމެއް:- مُوْسَى عَلَيْه السَّلام ގެ ދެންނެވުން: އަދި ﷲ تعالى ގެ حضرة ން ދެއްވައިފައިވާ އޭގެ ޖަވާބު އަދި موسى (عليه السّلام) އެކަލޭގެފާނުންގެ قوم ގެމީހުންގެތެރެއިން ހަތްދިހަ ފިރިހެނުން ތިމަންރަސްކަލާނގެ مِيْقات އަށް ވަޑައިގަތުމަށް إختيار ކުރެއްވިއެވެ. (މިއީ ޅަގެރިޔަށް އަޅުކަންކުރި މީހުން ކުރިނުބައިކަންތަކަށް توبة ލެއްވުމުގެ އެދުމުގައި ﷲ އަށް ދަންނަވާ استغفار ކުރުމާއި ކުއްތަންވުމުގެ ގޮތުން އޮތް مِيْقات އެކެވެ. ދެންފަހެ مِيْقات އަށް ދެވުމަށްފަހު އެމީހުންނަށް موسى عليه السّلام އެންގެވީ سجدة އަށް ތިރިވުމަށެވެ. سجدة ކުރުމަށެވެ. އެންމެން سجدة އަށް ތިރިވުމުން ﷲ تعالى موسى عليه السّلام އަށް وحي ބާވައިލައްވައެވެ. ދެންފަހެ وحي ނިމުމުން އެމީހުން ތެދުވެ ދެންނެވީ އަހުރެމެންނަށް ﷲ ދެއްކެވިއްޔާ މެނުވީ އަހުރެމެން އީމާންނުވާނެކަމަށެވެ. ދެންފަހެ މިއިދިކީލިކަމުގެ ބަސް ދެންނެވުމުން އެމީހުންނަށް އައީ ގަދަހެލުމަކާއި އަޑުފަށެކެވެ. އެއީ رَجْفَة އެވެ. އެއަޑުފަށަށް موسى عليه السّلام ފިޔަވައި ދެން އެންމެން މަރުވީއެވެ.) ދެންފަހެ އެމީހުންނަށް އެ رَجْفَة ޖެހި އެންމެން މަރުވެދިއުމުން موسى عليه السّلام (ވަރަށް ހިތާމަފުޅުން އަސަރުގަދަދެންނެވުމެއްދެންނެވިއެވެ.) ﷲ އަށް ދެންނެވިއެވެ. އޭ އަޅުގެ رَبّ އެވެ! އިބަރަސްކަލާނގެ އެދިވޮޑިގެންނެވިނަމަ މީގެކުރިންވެސް އިބަރަސްކަލާނގެ އެމީހުން ހަލާކުކުރައްވައިފީހެވެ. އަދި މިއަޅާވެސް ހަލާކު ކުރައްވައިފީހެވެ. އަޅަމެންގެ ތެރެއިންވާ މޮޔަ جاهل ން ކުރަމުންގެންދާ ނުބައި ކަންތަކުގެ ސަބަބުން އިބަރަސްކަލާނގެ އަޅަމެން ހަލާކު ކުރައްވަނީތޯއެވެ؟ އަދި އެކަން އެއީ އިބަރަސްކަލާނގެ ޖައްސަވާ إمتحان ކަމުގައިމެނުވީ ނުވެއެވެ. އޭގެސަބަބުން އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުން މަގުފުރައްދަވަމުއެވެ. އަދި އިބަރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅުންނަށް ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ އަޅަމެންގެ ސަހަރޯވެރިޔާއެވެ. ފަހެ އަޅަމެންނަށް ފުއްސަވާދެއްވާންދޭވެ! އަދި އަޅަމެންނަށް رحمة ލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ ފާފަފުއްސަވާ عفوء ކުރައްވާ އެންމެ ހެޔޮވެގެންވާ ފަރާތެވެ. އަދި މިދުނިޔޭގައި އަޅަމެންނަށް ހެޔޮކަން (صالح عمل ކުރުމުގެ توفيق) ލިއުއްވާދެއްވާނދެވެ. އަދި آخرة ގައިވެސް އަޅަމެންނަށް (ފާފަފުއްސެވުން) ލިއުއްވާދެއްވާނދޭވެ! ހަމަކަށަވަރުން އަޅަމެން އިބަރަސްކަލާނގެއަށް رجوع ވެ توبة ވެއްޖައީމުވެ. އެކަލާނގެ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ދިމާކުރައްވަމެވެ. ޖައްސަވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ހުރިހާ އެއްޗަކަށް ތަނަވަސްވެގެންވެއެވެ. ފަހެ ތިމަންރަސްކަލާނގެ އެ رحمة ލިއުއްވާހުށީ އެބަޔަކު تقوى ވެރިވާ އަދި ޒަކާތްދޭ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް އެމީހުން ބިރުވެތިވާމީހުންނަށެވެ... އަދިމީގެ ފަހުއާޔަތުގައިވެސް މި مَوْضُوعُ ގެ ބައެއްވާހަކަވެއެވެ. ދެންއެބައި أعْرَافُ ސޫރަތުން ބައްލަވާނީއެވެ. 57. (57) އަދި ތިމަންރަސްކަލާނގެ ކަލޭމެންގެމައްޗަށް ވިލާގަނޑުން ހިޔާއަޅުއްވައިދީ އަދި ކަލޭމެންގެމައްޗަށް (ކެއުމެއްގެގޮތުން) مَنٌّ އާއި سَلْوَى ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭމެނަށްދެއްވި ރަނގަޅު حلال ރިޒުގުން ކަލޭމެންކާށޭ އެންގެވީމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް އަނިޔާވެރިވެވޮޑިނުގަންނަވަމެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވާބަޔަކުކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute