Al-Hijr 15:91 الذين جعلوا القران عضين ٩١
ٱلَّذِينَ
جَعَلُواْ
ٱلۡقُرۡءَانَ
عِضِينَ
٩١
(91) އެމީހުންނަކީ قرآن ބައިބަޔަށް (އީމާންވާބަޔަކަށާއި އީމާންނުވެވޭނެ ބަޔަކަށް) ބައިބައިކޮށް ބެހިމީހުންނެވެ.
• ދަންނައެވެ. مُقْتَسِمُ ގެ لفظ ގެ ترجمة އަކީ ބައިބަޔަށް ބަހާމީހާއެވެ. ދެންފަހެ އެ لفظ ން މުރާދުކުރެވޭ ބަޔަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. އެއީ (1) يهودي ންނާއި نصارى އިން ކަމުގައި ވިދާޅުވި ބޭކަލުންވެއެވެ. އެމީހުންވެސް އެ قرآن ގެ އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެމީހުން އެމީހުންގެ ފޮތްވެސް ބެހީއެވެ. ބައިބައިކޮށް އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެއީ (2) قريش ންގެ ބަޔަކުކަމުގައިވެސް ބުނެވުނެވެ. އެމީހުންވެސް އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފަރު ވީކަމުގައި ވިއެވެ. އަދި އެއީ (3) صالح عليه السّلام ގެ قوم ގެ ބައެއްކަމުގައިވެސް ބުނެވުނެވެ. އަދިވެސް ކިތައްމެގޮތަކަށް ބުނެވިފައިވެއެވެ. ފަހެ ކީރިތި قرآن ގެ އެއްބައި ތެދުކޮށް އަނެއްބައި ދޮގުކުރި ކޮންމެބަޔަކުވެސް މީގެތެރެއަށް ވަންނާނެކަމުގައި مفسّر أبو حَعْفَرُ الطّبري އެކަލޭގެފާނުންގެ تفسير ގައި ވިދާޅުވެފައިވެއެވެ. (ދެން އަޅުގަޑުމެން ދިވެހިންނޯ؟؟؟ ބައެއް އަޅުކަން އޭގައިވާގޮތަށް ކުރަންކަމުގޮސްފައި ބައެއް ޙުކުމް އޭގައިވާގޮތަށްކުރާކަށް ކަމަކުނުދިޔައެވެ. މަރަށް މަރުހިފުން - ވައްކަންކުރީމާ އަތްކެޑުން ޒިނޭގެ ޙައްދު ޤަވާޢިދުން ޤާއިމުކުރުން މަގުފޭރޭމީހުންގެ ކަންތައް ދެންމިހެންގޮސް... والله أعلم.)
Read Tafsir
Ibn Kathir (Abridged)
The Messenger is a Plain Warner
Allah commanded His Prophet to tell the people:
إِنِّى أَنَا النَّذِيرُ الْمُبِينُ
(I am indeed a plain warner) coming to warn the people of a severe punishment that they will suffer if they reject him, as happened to those nations before them who disbelieved in their Me
…The Messenger is a Plain Warner
Allah commanded His Prophet to tell the people:
إِنِّى أَنَا النَّذِيرُ الْمُبِينُ
(I am indeed a plain warner) coming to
…