Al-Ma'idah 5:40 الم تعلم ان الله له ملك السماوات والارض يعذب من يشاء ويغفر لمن يشاء والله على كل شيء قدير ٤٠
أَلَمۡ
تَعۡلَمۡ
أَنَّ
ٱللَّهَ
لَهُۥ
مُلۡكُ
ٱلسَّمَٰوَٰتِ
وَٱلۡأَرۡضِ
يُعَذِّبُ
مَن
يَشَآءُ
وَيَغۡفِرُ
لِمَن
يَشَآءُۗ
وَٱللَّهُ
عَلَىٰ
كُلِّ
شَيۡءٖ
قَدِيرٞ
٤٠
(40) ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާތަކެތި ﷲ އަށް مِلْكُ ވެ خاصّ ވެގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައިތޯއެވެ؟ (ނުވަތަ ތިމަންނާމެންނީ ﷲ ގެ ދަރީންނޭ އެކަލާނގެ އެންމެ ލޯބިވާމީހުންނޭ މިކިޔާ މީހުންނަށް ނޭނގޭ ބާވައެވެ؟) އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް عذاب ދެއްވައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެކަލާނގެ ފުއްސަވައެވެ. އަދި ހުރިހާކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. މިއަންނަ އާޔަތުގެ ترجمة ނުވަތަ إجمالي މާނަ ލިއުމުގެ ކުރިން ކުޑަވާހަކަކޮޅެއް / ދެތިން كلمة އެއް ބުނެލާނަމެވެ. އެއީ އާޔަތުގެ މާނަ ވިސްނައިގަތުން ފަސޭހަވުމަށްޓަކައެވެ. މިއާޔަތް ބާވައިލައްވާފައިވަނީ حادثة އަކާއި ގުޅިގެންނެވެ. އެއީ: رسول ﷲ ﷺ مدينة އަށް ވަޑައިގެންނެވިފަހުން: يهودي ންގެ ފިރިހެނަކާއި އަންހެނަކާއި ދެމީހުން ޒިނޭކުރިއެވެ. ދެން يهودي ންގެ ދަންނަބޭކަލުންތަކެއް ޖަމާވެފައި އެދެމީހުންނަށް حكم ކުރެއްމަށް މިފޮނުވީ ކީރިތި رسول އާގެ އަރިހަށެވެ. އެމީހުންގެ توراة ގައި ބަޔާންވެގެންވާފަދައިން އެދެމީހުންގެ ނިޔާއަކީ رَجَمُ ކުރުމެވެ. مُحْصَنُ ދެމީހުންނެވެ. އެމީހުން رسول ﷲ ﷺ ގެ އަރިހަށް އެދެމީހުންގެ މައްސަލަ ހުށަހެޅީ އެހެންގޮތަކަށް حكم ކުރައްވާނެކަމަށެވެ. އަދި އެދެމީހުންނާއެކު ފޮނުވިމީހުންގާތު މިދަންނަ ބޭކަލުންތައް ބުނީ رَجَمُ ކުރުން ނޫން އެހެން حكم އެއް ކުރައްވައިފިއްޔާ قبول ކުރާށެވެ! އެހެންކަމަށްވަންޏާ އެއީ ހަމަ އާދައިގެ ރަސްކަލެކެވެ. އަދި رَجَمُ ކުރުމަށް حكم ކުރައްވައިފިއްޔާ ދެން ކަލޭމެން އަވަހަށް ރައްކާތެރިވާށެވެ. އެގޮތް قبول ނުކުރާށެވެ! ދެން އެދެމީހުންނާއިގެން އެކަލޭގެފާނުންގެ އަރިހަށް ނިޔާކުރަންދިއުމުން އެކަލޭގެފާނު ވަޑައިގެންނެވީ يهودي ންގެ ދަންނަބޭކަލުންގެ އަރިހަށެވެ. އަދި އެމީހުން ކިބައިން އެދިވަޑައިގަތީ އެންމެބޮޑަށް ދަންނަމީހާއާއި ބައްދަލުކުރައްވާށެވެ. ދެން އެމީހުން ދެއްކީ عَبْدُ ﷲ بْن صُورِيَا ކިޔާ މީހެކެވެ. އަދި ދެންނެވިއެވެ. މިއީ توراة ގެ خبر އެންމެބޮޑަށް ދަންނަމީހާއެވެ. ދެން އެކަލޭގެފާނު އެމީހާ ގޮވައިގެން ވަޑައިގެން އެކަނި ބައިންދާފައި حديث ކުރެއްވިއެވެ. مُحْصَن އަކު ޒިނޭކުރީމާ توراة ގައި އޮންނަ حكم އެއް އެނގޭހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. އާދޭހެވެ. (އެއީ رَجَمُ ކުރުމެވެ.) އަދި އެމީހާ ދެންނެވިއެވެ. އޭ أبو القاسم އެވެ. ކަލޭގެފާނަކީ ކަނޑައެޅިގެން نبي އަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ. އެހެންނަމަވެސް އެމީހުން ކަލޭގެފާނަށް حسد ވެރިވަނީއެވެ. ދެން رسول ﷲ ﷺ ނުކުމެވަޑައިގެން އެދެމީހުން رَجَمُ ކުރުމަށް أمر ކުރެއްވީއެވެ. ދެން އޭގެފަހުގައި عَبْدُ ﷲ بْن صُورِيَا އަލުންވެސް ކާފަރުވީއެވެ. ދެން އެކަމާ ގުޅިގެން މިއާޔަތް ބާވައިލެއްވިކަމުގައިވިއެވެ. = تفسير الطبري =
Read Tafsir
Ibn Kathir (Abridged)
The Necessity of Cutting off the Hand of the Thief
Allah commands and decrees that the hand of the thief, male or female be cut off. During the time of Jahiliyyah, this was also the punishment for the thief, and Islam upheld this punishment. In Islam, there are several conditions that must be met bef
…The Necessity of Cutting off the Hand of the Thief
Allah commands and decrees that the hand of the thief, male or female be cut off. During the time of
…