Sign in
Sign in
Sign in
Select Language
058

Al-Mujadila 58:9 يا ايها الذين امنوا اذا تناجيتم فلا تتناجوا بالاثم والعدوان ومعصيت الرسول وتناجوا بالبر والتقوى واتقوا الله الذي اليه تحشرون ٩

58:9
يَٰٓأَيُّهَا
ٱلَّذِينَ
ءَامَنُوٓاْ
إِذَا
تَنَٰجَيۡتُمۡ
فَلَا
تَتَنَٰجَوۡاْ
بِٱلۡإِثۡمِ
وَٱلۡعُدۡوَٰنِ
وَمَعۡصِيَتِ
ٱلرَّسُولِ
وَتَنَٰجَوۡاْ
بِٱلۡبِرِّ
وَٱلتَّقۡوَىٰۖ
وَٱتَّقُواْ
ٱللَّهَ
ٱلَّذِيٓ
إِلَيۡهِ
تُحۡشَرُونَ
٩
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސައްލާއެއް ކުރާހިނދު ފަހެ، ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާނުކުރާ ހުށިކަމެވެ! އަދި ހެޔޮކަންތައް ކުރުމާއި، تقوى ވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ތިޔަބައިމީހުން محشر ކުރައްވާހުށީ، ހަމައެކަލާނގެ حضرة އަށެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Evil of the Jews

Ibn Abi Najih reported from Mujahid,

أَلَمْ تَرَ إِلَى الَّذِينَ نُهُواْ عَنِ النَّجْوَى ثُمَّ يَعُودُونَ لِمَا نُهُواْ عَنْهُ

(Have you not seen those who were forbidden to hold secret counsels, and afterwards returned to that which they had been forbidden,) He said, "The Jews." S

…

The Evil of the Jews

Ibn Abi Najih reported from Mujahid,

أَلَمْ تَرَ إِلَى الَّذِينَ نُهُواْ عَنِ النَّجْوَى ثُمَّ يَعُودُونَ لِمَا نُهُواْ عَنْهُ

(Have

…
More Tafsirs

Read in Context

Chapter 58, Page 543, Juz 28

5. ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންގެކުރިން އުޅުނު (އެފަދަ) މީހުން ނިކަމެތިކޮށްލެއްވި ފަދައިން، އެއުރެން ނިކަމެތިކޮށްލައްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ آية ތައް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. އަދި كافر ންނަށް ހުރީ، އިހާނަތްތެރިކަންދެނިވި عذاب އެވެ. 6. އެއީ اللَّه، އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަހެވެ. ފަހެ، އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ. اللَّه އެކަންތައްތައް ހިމަނުއްވައި ލިޔުއްވިއެވެ. އަދި އެއުރެން އެކަންތައްތައް ހަނދާން ނައްތައިލޫއެވެ. އަދި اللَّه އީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. 7. އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗާއި، ވާހާކަމެއް اللَّه ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިންމީހަކު ސިއްރު ސައްލާއެއް ކުރާހިނދު، އެއުރެންގެ ހަތަރުވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި ފަސްމީހަކު ސައްލާ ކުރާހިނދު، ހަވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ عدد އަކަށް ކޮންމެ ތަނެއްގައި އެއުރެންވިޔަސް، އެއުރެންނާއެކު اللَّه ވޮޑިގެންނުވާ ތަނެއްނުވެއެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން قيامة ދުވަހުން އެއުރެންނަށް އެކަލާނގެ خبر އަންގަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 8. ސިއްރު ސައްލާކޮށް އުޅުން އެއުރެންނަށް ނަހީކުރައްވާފައިވާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެއުރެންނަށް ނަހީކުރެއްވި ކަންތައް ކުރުމަށް އެއުރެން އެނބުރި އާދެއެވެ. އަދި ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް އެއުރެން ސިއްރު ސައްލާ ކުރެތެވެ. އަދި އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު، ކަލޭގެފާނަށް اللَّه سلام وحى ނުކުރައްވާ ބަހަކުން އެއުރެން ކަލޭގެފާނަށް سلام ދަންނަވަތެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކަށް އެއުރެން ބުނެތެވެ. ތިމަންމެން މިކިޔާ އެއްޗަކަށްޓަކައި اللَّه ތިމަންމެންނަށް عذاب ނުދެއްވަނީ ކީއްވެގެންހެއްޔެވެ؟ ނަރަކަ އެއުރެންނަށް ފުދެއެވެ. އެތަނަށް އެއުރެން ވަންނާނެތެވެ. ފަހެ، އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ. 9. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސައްލާއެއް ކުރާހިނދު ފަހެ، ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާނުކުރާ ހުށިކަމެވެ! އަދި ހެޔޮކަންތައް ކުރުމާއި، تقوى ވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ތިޔަބައިމީހުން محشر ކުރައްވާހުށީ، ހަމައެކަލާނގެ حضرة އަށެވެ. 10. إيمان ވި މީހުންނަށް ހިތާމަ ދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ شيطان އާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. އަދި اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެ شيطان އާއަކަށް އެއްވެސްކަމަކުން އެއުރެންނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ފަހެ، مؤمن ތަކުން ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ. 11. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مجلس ތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން اللَّه ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން (مجلس ން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 12. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން رسول އާއަށް مناجاة އެއް ދަންނަވާނަމަ، ތިޔަބައިމީހުން مناجاة ދެންނެވުމުގެ ކުރީގައި (فقير ންނަށް) صدقات އެއް ކުރިމަތިކުރާހުށިކަމެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި طاهر ކަންބޮޑުމެއެވެ. ފަހެ، ތިޔަބައިމީހުންނަށް صدقات އެއް ކުރާނޭ އެއްޗެއް ނުލިބުނުނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. 13. ތިޔަބައިމީހުން رسول އާއަށް مناجاة އެއް ދެންނެވުމުގެކުރިން صدقات އެއް ކުރިމަތިކުރުމަށް ތިޔަބައިމީހުން ބިރުގަތީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް އެކަންތައް ނުކުރެވުނުހިނދު، އަދި اللَّه ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައިފިހިނދު، ފަހެ، ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

- Office of the President of Maldives

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute