ހޭއަރުވައިލުމެއް
-------------
• ދަންނައެވެ. މިސޫރަތުގެ ކުރީކޮޅުގެ ހައާޔަތުގެ ތަފުސީރާއިމެދު ތަފުސީރު ޢިލްމުވެރިންގެ މެދުގައި ބަސްތަފާތު ވެފައިވެއެވެ. އޭގެތެރެއިންބައެއްބޭކަލުން ވިދާޅުވަނީ - وَالْمُرْسَلات - وَالْعَصِفَات - وَالنَّاشِرَات - فَالْفَارِقَات - فَالْمُاالقِيَات - މި ލަފުޒުތަކުގެ މާނައަކީ ވައިގެ އެކިވައްތަރުކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ މަލާއިކަތްބޭކަލުން ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވާގޮތުގައި ފުރަތަމަ ތިން ލަފުޒު އެއީ ވަޔަށް ކިޔާ ތިންނަންކަމަށެވެ. އަނެއްދެ ލަފުޒު އެއީ މަލާއިކަތްބޭކަލުންނަށް ކިޔާ ދެނަންކަމަށެވެ.
ދެންފަހެ މިބޭކަލުންގެ މިހުރިހާ ވާހަކައެއްގެ ޚުލާސާއެއްގެގޮތުން އެންމެ مُعْتبر تَفْسِير ފޮތުގެ مُؤَلِّف إبْن جَرِير الطبري ވިދާޅުވީ އެތަނުން ވަކިމާނައެއް އިސްކުރެވޭނެ ދަލީލެއްނެތެވެ. ދެމާނަވެސް ދޭހަވެއެވެ. ވީމާ އެތަނުން ކޮންމެ މާނައެއްވެސް ރަނގަޅެވެ. وَالله أَعْلَم. މިފޮތުގައި ލިޔެފައިމިވަނީ މީގެތެރެއިން އެއްގޮތެވެ.
-------------
(1) ވިދިވިދިގެން ޖެހޭ ރަނގަޅުވައި ގަންދެއްވައި ﷲ ހުވައިވަޙީ ކުރައްވައެވެ.