Sign in
Sign in
Sign in
Select Language
028

Al-Qasas 28:21 فخرج منها خايفا يترقب قال رب نجني من القوم الظالمين ٢١

28:21
فَخَرَجَ
مِنۡهَا
خَآئِفٗا
يَتَرَقَّبُۖ
قَالَ
رَبِّ
نَجِّنِي
مِنَ
ٱلۡقَوۡمِ
ٱلظَّٰلِمِينَ
٢١
(21) ދެންފަހެ موسى ގެފާނު ބިރުފުޅުގެންވަޑައިގެން ހުންނަވާ حال ކޮޅު އެރަށުން ނުކުމެވަޑައިގެންފިއެވެ. (فرعون ގެ މީހުން އެކަލޭގެފާނުން ހޯދަން އަތުވެދާނެތީ) އެކަމުން ދެންވާނެގޮތަކާމެދު إنتظار ކުރައްވާ ބަލަބަލާ ހުންނެވުމާ އެކުގައެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ! އަނިޔާވެރި قوم ގެފަރާތުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!
Continue Reading

Read Tafsir

Ibn Kathir (Abridged)

Musa, peace be upon him, in Madyan, and how He watered the Flocks of the Two Women

When the man told Musa about how Fir`awn and his chiefs were conspiring against him, he left Egypt on his own. He was not used to being alone, because before that he had been living a life of luxury and ease, in a posi

…

Musa, peace be upon him, in Madyan, and how He watered the Flocks of the Two Women

When the man told Musa about how Fir`awn and his chiefs were conspir

…
More Tafsirs

Read in Context

Chapter 28, Page 387, Juz 20

14. (14) އަދި އެކަލޭގެފާނުގެ ގައިކޮޅުގެ ބާރުފުޅުގަދަ ޒުވާންކަން ފުރާފުރިހަމަވާ ހިސާބަށް ދިއުމުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދީނުގެ فقه ވެރިކަމާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. 15. (15) އަދި ރަށުގެ أهل ވެރިން غَافل ވެގެންވާ ހިނދެއްގައި (މީސްތަކުން މެންދުރު އޮށޯވެލާވަގުތު) އެކަލޭގެފާނު (موسى عليه السّلام) ރަށުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި ދެމީހަކު އެކަކު އަނެކަކަށް ހިފައި ތަޅާފޮޅާތީ އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. އެތަނުން އެކަކީ އެކަލޭގެފާނުންގެ دين ގެ މީހެކެވެ. بني إسرائيل އެކެވެ. އަނެކަކީ އެކަލޭގެފާނުންގެ عدوّ ންގެތެރެއިންވާ މީހެކެވެ. فِرعون قبيلة ގެ މީހެކެވެ. قِبْطِي އެކެވެ. ދެންފަހެ އެކަލޭގެފާނުންގެ دين ގެ މީހާ އެމީހާގެ عدوّ ގެ މައްޗަށް މަދަދާއި އެހީއަށްއެދި އެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްތިލަފުޅުން އެމީހާގެ މޭމަތީގައި ޖަހައިފިއެވެ. އަދި އެމީހާގެ މައްޗަށް ނިޔާކުރައްވައިފިއެވެ. އެޖެއްސެވުމުގެ ސަބަބުން އެމީހާ މަރުވެގެން ވެއްޓުނީއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ސައިތާނާގެ عمل އެވެ. ހަމަކަށަވަރުން އެސޮރަކީ ބަޔާންވެގެންވާ ގޮތުގައި މަގުފުރައްދާ عدوّ އެކެވެ. 16. (16) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ އެކަލޭގެފާނަށް ފުއްސަވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 17. (17) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް ދެއްވި نعمة ގެ ސަބަބުން مُجْرِم ންނަށްވާ އެހީތެރިއަކަށް މިއަޅާ ނުލައްވާނދޭވެ! 18. (18) ފަހެ ރަށުގައި ބިރުފުޅުގެންވަޑައިގެން ހުންނެވި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެއްޖެއެވެ. އަދި ދެންވާނެ ގޮތަކާއިމެދު إنتظار ކުރައްވަކުރައްވާ ހުންނެވިއެވެ. އެހެން ހުންނަވަނިކޮށް އިއްޔެ އެކަލޭގެފާނުންގެ އަރިހުން نصر އަށް އެދުނުމީހާ އެކަލޭގެފާނަށް ގޮވާ ހަޅޭލަވަން ފަށައިފިއެވެ. މިއަދުވެސް އޭނާ موسى عليه السّلام ގެ އަރިހުން نصر އެދެނީއެވެ. (އޭރުމިއިސްރާއީލުމީހާ އެހެން قِبْطِي އަކާއި ތަޅާފޮޅަނީއެވެ.) އަދި موسى عليه السّلام އެ إسرائيل މީހާއަށް ވިދާޅުވިއެވެ. ކަލެއަކީ ހަމަކަށަވަރުންވެސް ވަރަށްބޮޑަށް ގެއްލި ހަލާކުވެ މަގުފުރެދިފައިވާ މީހެއްކަން ކަށަވަރެވެ. 19. (19) އަދި އެދެމީހުންގެ عَدُوُّ ކަމުގައިވާ قِبْطِي ކަލޭގެއަށް އަދަބުދެއްވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު އެމީހާ ދެންނެވިއެވެ. (يعني: بني إسرائيل މީހާ ދެންނެވިއެވެ.) އޭ موسى އެވެ! ކަލޭގެފާނު ތިޔަ އެދިވަޑައިގަންނަވަނީ އިއްޔެވެސް ކަލޭގެފާނު މީހަކު މެރިފަދައިން މިއަދު އަހުރެން މަރަންހެއްޔެވެ؟ (އޭނާއަށް ހީވީ އޭނާ މަރަން އުޅުނުހެންނެވެ.) ކަލޭގެފާނު އެދިވަޑައިގަންނަވަނީ ބިންމަތީގައި جَبَّار ނުލަފާ މީހަކަށްވުންކަމުގައި މެނުވީ ނުވެއެވެ. އަދި ކަންތައްތައް إصلاح ކުރާ مُصْلِح އަކަށް ވުމަކަށް ކަލޭގެފާނު އެދިވަޑައި ނުގަންނަވައެވެ. • ދަންނައެވެ. މި بني إسرائيل ކަލޭގެ މިވާހަކަކޮޅު موسى ގެފާނަށް ދެންނެވިއިރު އަނެއް قِبْطِي ކަލޭގެ ހުރީ ރަނގަޅަށް ކަނުލައި އަހައިގެން ކަމުގައިވީތީ އިއްޔެ މީހާ މަރައިލީ موسى ގެފާނުކަން ރަނގަޅަށް އޭނާއަށް އެނގިއްޖެއެވެ. އެހެންވެ އަވަސްއަވަހަށް އެތަނުން ދުވެގޮސް އިއްޔެ މީހާ މަރައިލި މީހަކީ موسى ގެފާނުކަން فرعون ގެ މީހުންނަށް އަންގަވައި އެކަމުގެ تفصيل ދީފިއެވެ. ހަމަ އެހިނދުމެވެ. موسى ގެފާނާއިމެދު ކަންތައް ނިންމާނެގޮތަކާއިމެދު فرعون އާއި އޭނާގެ ބޮޑުންގެ މެދުގައި مشورة ފެށިއްޖެއެވެ. والله أعلم. 20. (20) އަދި ރަށުގެ ދުރު ހިސާބުން ހަރުކޮށް ހިނގާފައި އައިމީހަކު އައިސް موسى ގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! ރަށުގެ ބޮޑެތިމީހުން ކަލޭގެފާނު މެރުމަށް مشورة ކޮށް جلسة ކުރަނީއެވެ. ކަލޭގެފާނު އެހެންވެ އަވަހަށް މިރަށުން ނުކުމެވަޑައިގަންނަވާށެވެ. އަހުރެންނަކީ ކަލޭގެފާނަށްވާ نصيحة ތެރިންކުރެ މީހަކީމެވެ. (ބުނެވެނީ އެމީހަކީ إيمان ކަން ވަންހަނާކުރި فرعون قبيلة ގެ މީހާކަމަށެވެ. އެވާހަކަ غافر ސޫރަތުގައި ވާނެއެވެ.) 21. (21) ދެންފަހެ موسى ގެފާނު ބިރުފުޅުގެންވަޑައިގެން ހުންނަވާ حال ކޮޅު އެރަށުން ނުކުމެވަޑައިގެންފިއެވެ. (فرعون ގެ މީހުން އެކަލޭގެފާނުން ހޯދަން އަތުވެދާނެތީ) އެކަމުން ދެންވާނެގޮތަކާމެދު إنتظار ކުރައްވާ ބަލަބަލާ ހުންނެވުމާ އެކުގައެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ! އަނިޔާވެރި قوم ގެފަރާތުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute