(4) އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އަދި ކިޔެއްހެއްޔެވެ؟ އޭނާގެ އިނގިލިތައް ޖަމަލާއި ޙިމާރުގެ މޮށްގަނޑު ފަދައިން އިނގިލިތައް ވަކިނުވާގޮތަށް އެކަތިގަނޑަކަށް ހައްދަވައިލުމަށްވެސް ތިމަންރަސްކަލާނގެއަށް ކުޅަދާނަވެގެންވެއެވެ. (އަދި އެހެން ހެއްދެވިނަމަ އިނގިލިތަކުން ކުރާ ކުދިކަވިމަސައްކަތްތައް ނުކުރެވުނީހެވެ.) އަދިކިއެއްތޯއެވެ؟ އޭނާގެ އިނގިލިތަކުގެ ކޮޅުތައްވެސް ބަރާބަރުކޮށް ހަމަހަމަކޮށްލުމަށްވެސް ކުޅަދުންވަންތަވެވޮޑިގެންވަމެވެ. ފަހެ އިސްވެދިޔައެއްވެސް މިސާލަކާއިނުލައި އެހާފުރިހަމަކޮށް އެހާރީތިކޮށް އިނގިލިތައްވެސް ހެއްދެވި ﷲ އަށް ދެވަނަފަހަރު އެކަށިކޮޅުތައް އަނބުރާ އިޢާދަ ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތުންހުރި ކޮންމެ ބުއްދިއަކަށް އެނގޭނެއެވެ.