(14) އަދި އަނެއްބައިމީހުންގެތެރެއިން މަދުބައެކެވެ. އެބަހީ مُحمد ﷺ ގެ އުއްމަތުން މަދުބައެކެވެ.
• ދަންނައެވެ. މިއުއްމަތުން މަދުބަޔަކުކަމުގައިބެލެވެނީ އިސްވެދިޔަ ހުރިހާއުއްމަތަކާއި އަޅާބަލާއިރުއެވެ. އިސްދިޔަ އެންމެހައި އުއްމަތްތަކުގެ އިސްވެގަތް އެންމެން އެއްކޮށްލީމާ އެކަނި މިއުއްމަތަށްވުރެ ގިނައީއެވެ. ކޮންމެ އެއް އުއްމަތަކުން އިސްވެގަތް މީހުންނަށްވުރެ މިއުއްމަތް މަދީއަކީއެއްނޫނެވެ. އެއް އުއްމަތަކާއި އަޅާބަލާއިރު އިސްވެގަތްމީހުންވެސް މިއުއްމަތުގައި މާގިނަކަމުގައިވެއެވެ.