An-Nisa 4:105 انا انزلنا اليك الكتاب بالحق لتحكم بين الناس بما اراك الله ولا تكن للخاينين خصيما ١٠٥
إِنَّآ
أَنزَلۡنَآ
إِلَيۡكَ
ٱلۡكِتَٰبَ
بِٱلۡحَقِّ
لِتَحۡكُمَ
بَيۡنَ
ٱلنَّاسِ
بِمَآ
أَرَىٰكَ
ٱللَّهُۚ
وَلَا
تَكُن
لِّلۡخَآئِنِينَ
خَصِيمٗا
١٠٥
105 ވަނަ އާޔަތުން ފެށިގެން 112 ވަނަ އާޔަތުގެނިޔަލަށް މިސޫރަތުގައި މިވަނީ رَسو ﷲ ﷺ ގެ ޒަމާނުގައި ބަޔަކުމީހުން ކުރި ވައްކަމެއްގެ ވާހަކަޔާ އެޔާބެހޭގޮތުން އައި خبر ތަކުގެ ވާހަކައެވެ. تفسير ފޮތްތަކުގައި ގިނަ ރިވާޔަތުން އެވާހަކަ އައިސްފައިވެއެވެ. خلاصة އަކީ އެކައްޗެކެވެ. أبو جعفر الطّبري އެކަލޭގެފާނުންގެ تفسير: جَامِعُ البَيَان ގައި بَيَان ކުރައްވާފައިވާ އެއްރިވާޔަތާއި ބައެއް ވާހަކަ ކުރުކޮށް ދަންނަވައިލާނަމެވެ. عَاصِمُ بْنُ عُمَربْنُ قَتَادَة އޭނާގެ ބައްޕަ އޭނާގެ ކާފަ قَتَادَة بن النعمان ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކާފަ ވިދާޅުވިއެވެ. بَنُوْ أُبَيْرِق ގެ عَائِلَة ގައި بِشْرُ އަކާއި بُشَيْر އަކާއި އަދި مُبَشِّر އެއްވެއެވެ. މިތަނުން މި بِشْرُ އަކީ منافق އެކެވެ. އަދި ބައެއް ރިވާޔަތުގައި އެއީ طُعْمَة بْنُ أُبَيْرِق އެވެ. ދެންފަހެ މި طُعْمَة بْنُ أُبَيْرِق މީހެއްގެ ގެއިން ވައްކަންކޮށް ގޮދަންފުށާއި ހަނގުރާމައިގެ ބައެއް ތަކެތި ނަގައިހެދިއެވެ. ދެން އެކަމާއިބެހޭގޮތުން މީނާއާއި ސުވާލު ވެވުނީމާ އޭނާ ބުނީ يهودي އެއްގެ ވާހަކައެވެ. އެއީ ކަމާނުވެސް ބެހޭ މީހެކެވެ. زَيْدُ بنُ السَّمِيْنُ ކިޔާ މީހެކެވެ. އަދި މި أُبَيْرِق ގެ ފަރާތުން أَسِيْرُ بنُ عُرْوَة އައިސް رَسول ﷲ ﷺ ގެ އަރިހުގައި أُبَيْرِق ވައްކަންކުރި ވާހަކަ رَسول އާއަށް ދެންނެވި قَتَادَة بن النعمان ގެ ޝަކްވާކޮށްފިއެވެ. އޭނާ ދެންނެވިއެވެ. އޭ رَسول ﷲ ﷺ އެވެ. قَتَادَة بن النعمان އާއި އޭނާގެ ބޮޑުބޭބެ އަހުރެމެންގެ ހަމަ ރަނގަޅު عائلة އަކަށް ވައްކަމުގެ تُهْمَة ކޮށްފިއެވެ. އެމީހުންނަކީ إسلام ކަމާއި صلح ވެރިކަމުގެ ބައެކެވެ. އެއްވެސް دليل އެއް ثابت ކަމެއްނެތި ވައްކަމުގެ ތުހުމަތު އެޅުވިއެވެ. މިމޭރުމުން އޭނާ ވާހަކަދައްކާ أُبَيْرِق ގެފަރާތުން ވަރަށް دِفَاعُ ކޮށްފިއެވެ. ދެންފަހެ قَتَادَة ވަޑައިގަތުމުން رَسو ﷲ ﷺ އެކަލޭގެފާނަށް حديث ކުރެއްވިއެވެ. إسلام ކަމާއި صالح ކަންހުރި عائلة އެއްގެމައްޗަށް އެއްވެސް دليل އެއްނެތި ކަލޭގެފާނު ވައްކަމުގެ ތުހުމަތު ކުރީއެވެ. މިގޮތުން އެ أُبَيْرِق ގެފަރާތުން دفاع ކުރައްވާ ވާހަކަފުޅުދެއްކެވުނުކަމުގައިވިއެވެ. ދެންފަހެ قَتَادَة ވިދާޅުވިއެވެ. އަހުރެން رَسول ﷲ ﷺ އަށް އެއްވެސް އެއްޗެއް ނުދަންނަވައި ބޮޑުބޭބެގާތަށް އައުމުން ބޮޑުބޭބެ ބުނުއްވިއެވެ. خبر ކިހިނެއްހެއްޔެވެ؟ رَسو ﷲ ﷺ حديث ކުރެއްވި ބަސްފުޅު އަހުރެން ކިޔައިދިނީމެވެ. ބޮޑުބޭބެ ބުނުއްވިއެވެ. ވާގިއެދެވެނީ ﷲ ގެ حضرة ންނެވެ. ދެން މާލަހެއްނުވެ އިސްވެދިޔަ އާޔަތްތައް ﷲ ބާވައިލައްވާ حقيقة ސާފުވެގެން ހިނގައްޖެއެވެ. ވައްކަންކުރީ أُبَيْرق ކަމާއި އަދި އޭނާގެ ފަރާތުން رسول އާގެ އަރިހުގައި دفاع ކުރިމީހުން އެދެއްކީ ނުބައި ވާހަކައެއްކަމާއި އަދި قَتَادة ގެފާނު އެދެއްކެވި ވާހަކަފުޅަކީ ހަމަ ތެދެއްކަމާއި އަދި ކަމާއި ނުބެހޭ يهودي އެއްގެ ބޮލުގައި އެކަން އެޅުވުމަކީ حيران ވާފަދަ ދޮގެއްކަމާއި އަދި رَسو ﷲ ﷺ أُبَيْرِق ގެ عائلة އާއިމެދު އެވިދާޅުވެވުނީ ރަނގަޅަށް ނޫންކަމާއި މިހުރިހާކަމެއް އެއާޔަތްތަކުގައި بيان ވެގެން ދިޔައީއެވެ. - އަދި މިއާޔަތްތަކުގެ ފަހަތަށް މިވާ 113 ވަނަ އާޔަތުގައި އެވަނީ ﷲ އެކަލާނގެ ލޯބިވެވޮޑިގެންވާ މާތް رسول އާއަށް ހުރި އޯގާވަންތަކަމާއި رحمة އާއި އަދި މާތްކަމުގެ ވާހަކަޔާ އޯގާވެރިކަމުގެ ބަސްފުޅުތަކެވެ. نصيحة އާއި وعظ އާއި عبرة ން ފުރިގެންވާ رحمة ގެ ބަސްފުޅުތަކެވެ.
(105) (އޭ رَسول ﷲ އެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިފޮތް ބާވައިލައްވަނީ ﷲ ކަލޭގެފާނަށް އެންގެވިފަދައަކުން ކަލޭގެފާނު މީސްތަކުންގެމެދުގައި حكم ކުރެއްވުމަށެވެ. (ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.) އަދި خيانة ތެރިންގެ ފަރާތުން دفاع ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
Read Tafsir
Ibn Kathir (Abridged)
The Necessity of Referring to What Allah has Revealed for Judgement
Allah says to His Messenger, Muhammad ﷺ,
إِنَّآ أَنزَلْنَا إِلَيْكَ الْكِتَـبَ بِالْحَقِّ
(Surely, We have sent down to you the Book in truth) meaning, it truly came from Allah and its narrations and commandments are true. Allah then s
…The Necessity of Referring to What Allah has Revealed for Judgement
Allah says to His Messenger, Muhammad ﷺ,
إِنَّآ أَنزَلْنَا إِلَيْكَ الْكِتَـبَ بِالْ
…