Sign in
Sign in
Sign in
Select Language
004

An-Nisa 4:138 بشر المنافقين بان لهم عذابا اليما ١٣٨

4:138
بَشِّرِ
ٱلۡمُنَٰفِقِينَ
بِأَنَّ
لَهُمۡ
عَذَابًا
أَلِيمًا
١٣٨
(138) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން منافق ންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ!
Continue Reading

Read Tafsir

Ibn Kathir (Abridged)

Characteristics of the Hypocrites and Their Destination

Allah states that whoever embraces the faith, reverts from it, embraces it again, reverts from it and remains on disbelief and increases in it until death, then he will never have a chance to gain accepted repentance after death. Nor will Allah

…

Characteristics of the Hypocrites and Their Destination

Allah states that whoever embraces the faith, reverts from it, embraces it again, reverts from

…
More Tafsirs

Read in Context

Chapter 4, Page 100, Juz 5

136. (136) އޭ (ކުރީގެ رسول ންނަށާއި ފޮތްތަކަށް) އީމާންވީ މީހުންނޭވެ! أهل كتاب ންނޭވެ! ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާ (محمّد ﷺ) އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާ محمّد ގެފާނުންގެމައްޗަށް ބާވައިލެއްވިފޮތަށް (ކީރިތި قرآن އަށް) އީމާންވާށެވެ! އަދި އެފޮތުގެކުރިން ބާވައިލެއްވި ފޮތްތަކަށްވެސް ކަލޭމެން އީމާންވާށެވެ! އަދި ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ފޮތްތަކަށާއި އެކަލާނގެ رسول ންނަށާއި އަދި آخرة ދުވަހަށް ކާފަރުވާމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެމީހާ ވަރަށްދުރު މަގުފުރެދުމަކުން މަގުފުރެދި ވާވަދެ އަވަދިވެއްޖެއެވެ. 137. (137) ހަމަކަށަވަރުން އެބަޔަކު އީމާންވި ދެން އެމީހުން ކާފަރުވި ދެން އަލުންވެސް އީމާންވި ދެން އަނެއްކާ ކާފަރުވި ދެން އެކާފަރުކަން އިތުރުކުރި މީހުން (ދަންނައެވެ!) ﷲ تعالى އެފަދަ މީހުންނަށް ފާފަފުއްސަވާނޭކަލަކުކަމުގައިވޮޑިގެން ނުވެއެވެ. • ދަންނައެވެ. މި آية ގައި މިސިފަކުރައްވާ މީހުންނަކީ أهل كتاب ންކަމުގައި أبو جعْفَر الطّبَرِي އޭނާގެ تفسير ގައި ލިއުއްވާފައިވެއެވެ. އެމީހުން توراة ގެ حكم އަށް އެއްބަސްވެފައި އެކަން ދޮގުކުރީއެވެ. ދެން އޭގެތެރެއިން ބަޔަކުމީހުން عيسى عليه السّلام ގެ رسول ކަމާއި إنجيل قرار ކުރުމަށްފަހު އެޔާ خلافވެ ދޮގުކުރީއެވެ. ދެން محمّد ﷺ ގެ رسول ކަމާއި قرآن ދޮގުކޮށް ކާފަރުވީއެވެ. އަދި ކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރީއެވެ. • އަދި ބައެއް مفسّر ން ވިދާޅުވަނީ: އެމީހުން موسى عليه السّلام އަށް އީމާންވެފައި ދެން އެމީހުން އެކަލޭގެފާނަށް ކާފަރުވެ ދެން އޭގެތެރެއިން نصارى އިން عيسى عليه السّلام އަށް އީމާންވެފައި ދެން އެކަލޭގެފާނަށް ކާފަރުވީއެވެ. ދެން محمّد ﷺ އަށް ކާފަރުވެ ކާފަރުކަން އިތުރުކުރީއެވެ. މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ مراد ލިޔެވިފައިވެއެވެ. والله أعلم. 138. (138) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން منافق ންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ! 139. (139) އެމީހުންނަކީ مؤمن ން ފިޔަވައި كافر ންގެމީހުން އެމީހުންގެ ސަހަރޯވެރިންކަމުގައި ބަލައި ހަދާމީހުންނެވެ. ފަހެ އެކާފަރުންގެ ކިބައިން ބާރާ ގަދަފަދަކަން އެމީހުން އެދެނީހެއްޔެވެ؟ އަދި عزّة ތެރިކަން އެދެނީހެއްޔެވެ؟ ފަހެ އެންމެހައި عزّة ތެރިކަމެއް (އަދި ބާރާއި ގަދަފަދަކަން) خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކޮންމެ މީހަކުވެސް ﷲ ގެ حضرة ން عزّة ތެރިކަން އެދޭހުށިކަމެވެ!) 140. (140) (އޭ އީމާންކަން ފައުޅުކޮށްގެން އުޅޭމީހުންނޭވެ!) ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވެވޭ އަޑު ކަލޭމެން އަހައިފިއްޔާ ނުވަތަ އެއާޔަތަކަށް މަލާމާތްކުރެވޭ އަޑު ކަލޭމެން އަހައިފިއްޔާ (އެކަމެއް އެކުރާ ބަޔަކު) އެކަން ދޫކޮށް އެހެން ވާހަކައެއްގެތެރެއަށް ވަދެގެންފުމަށް ދާންދެން ކަލޭމެން އެމީހުނާއެކު އެތާ ނުތިބޭން، ކީރިތި قرآن ގައި ކަލޭމެންނަށް އެކަލާނގެ ބާވައިލައްވާ އަންގަވާފައިވާނެއެވެ. (އެއީ أنعام ސޫރަތުގެ 68 ވަނަ އާޔަތުގައެވެ. އެއީ (وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ...) މިއާޔަތެވެ.) ދެންފަހެ ކަލޭމެން އެފަދަމީހުނާއެކު އާޔަތަކަށް މަލާމާތްކުރެވި ކާފަރުވެވޭތާނގައި ތިބެއްޖެނަމަ ކަލޭމެންވެސް ވާނީ ހަމަ އޭގެމީހުންކަމުގައެވެ. އެމީހުންނެކޭ އެއްފަދައެވެ. ހަމަކަށަވަރުން އެންމެހައި منافق ންނާއި ކާފަރުން އެކީއެކަށް ﷲ تعالى ނަރަކައަށް جمع ކުރައްވަވާ ހުއްޓެވެ. 141. (141) އެމީހުންނަކީ އެބަހީ އެ منافق ންނަކީ، ކަލޭމެން مؤمن ންނާމެދު (ނުބައިގޮތްވުމަށް) إنتظار ކޮށްކޮށް ތިބޭ ބައެކެވެ. ދެންފަހެ ކަލޭމެންނަށް ﷲ ގެ حضرة ން އެއްވެސް فتح އެއް އެބަހީ عدوُّ ންގެފަރާތުން غنيمة އެއް ލިބިއްޖެއްޔާ އެ منافق ން ބުނާނެއެވެ. އަހުރެމެން ފަހެ ކަލޭމެންނާއެކު ނުވަމުހެއްޔެވެ؟ (އެބަހީ އަހުރެމެންވެސް ހަނގުރާމައިގައިވީމުއެވެ. އަހުރެމެންނަށްވެސް غنيمة އިން ދޭންވާނެއެވެ.) އަދި އެކާފަރުންނަށް (ކަލޭމެންގެ ފަރާތުން) ކޮންމެވެސް ނަސީބެއް ލިބިއްޖެއްޔާ އެ منافق ން ކާފަރުންނަށް ބުނާނެއެވެ. އަހުރެމެން ކަލޭމެން ގަދަނުކޮށްނުދެމުހެއްޔެވެ؟ އެބަހީ ގަދަކޮށްދިނީމެވެ. އަދި مؤمن ން ފަރާތުން އަހުރެމެން ކަލޭމެން منعކޮށްދިނީމެވެ. ފަހެ ﷲ سبحانه وتعالى قيامة ދުވަހުން ކަލޭމެންގެ މެދުގައި حكم ކުރައްވާ ނިޔާކުރައްވާ ހުއްޓެވެ. އަދި مؤمن ންގެމައްޗަށް ކާފަރުންނަށް އެއްވެސް ގޮތެއް (ގަދަވެވޭނޭ) އެއްވެސް މަގެއް ﷲ تعالى ނުލައްވާނެއެވެ. އެއީ قيامة ދުވަހުންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute