Ar-Ra'd 13:1 المر تلك ايات الكتاب والذي انزل اليك من ربك الحق ولاكن اكثر الناس لا يومنون ١
الٓمٓرۚ
تِلۡكَ
ءَايَٰتُ
ٱلۡكِتَٰبِۗ
وَٱلَّذِيٓ
أُنزِلَ
إِلَيۡكَ
مِن
رَّبِّكَ
ٱلۡحَقُّ
وَلَٰكِنَّ
أَكۡثَرَ
ٱلنَّاسِ
لَا
يُؤۡمِنُونَ
١
(1) الٓمٓر: މިބާވަތުގެ އެންމެހައި رَمْزُ ގެ މާނައެއް އަދި އޭގެ މުރާދެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ تعالى އެވެ. މިއިން އެންމެބޮޑަށްވެސް آدم ގެދަރިންނަށް ބުނެވެންއޮތީ އެއީ إعجاز القرآن ގެތެރެއިންވާ އަކުރުތަކެއްކަމެވެ. އެޔާއެކުވެސް ބައެއްބޭކަލުންގެ رَأى ވެއެވެ. تفسير الطّبري ގައި ابن عبّاس رضى ﷲ عنهما ގެ ރިވާޔަތެއް މިސޫރަތުގެ މިއަކުރުތަކާމެދު ގެންނަވާފައިވެއެވެ. އޭގައިވަނީ "أنَا ﷲُ أَرَى" މިހެންނެވެ. މީގެ މާނައެއްކަމުގައި ބުނެވޭނީ ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަމެވެ. މިއެވެ...
ދެން އެއަންގަވަނީ މިސޫރަތުގެ އާޔަތްތަކަކީ ފޮތުގެ އާޔަތްތަކެވެ. މިފޮތޭ އޮތްބަސްފުޅާއި މެދު ކުޑަ إختلاف އެއްވެއެވެ. طبري ގެ تفسير ގައިވަނީ އެއީ توراة އާއި إنجيل ކަމުގައެވެ. ابن كثير ގެ ترجمة ގައިވަނީ އެއީ ކީރިތި قرآن ކަމަށެވެ. އަދި ފަހުގެ تَحْقِيْقُ ތަކުންވެސް އެގޮތަށް ފެނެއެވެ. ދެން އަދި މިއީ ކޮންމެފޮތެއްގެ އާޔަތްތަކެއްނަމަވެސް ﷲ ބާވައިލެއްވި ފޮތެއްކަމުގައިވަންޏާ مؤمن ންނަށް މައްސަލައެއް ނުއޮންނާނެއެވެ. ދެން އަދި އެއަންގަވަނީ ކަލޭގެފާނަށް ކަލޭގެފާނުންގެ ربّ ގެ حضرة ން ބާވައިލައްވާ ތަކެއްޗާއި މިހުރިހާ ތަކެއްޗަކީ ހަމަ حقّ ތެދުކަމުގައެވެ. އަދި އެހެންނަމަވެސް މީސްތަކުންކުރެ ގިނަމީހުން ތެދުނުކުރާ ކަމުގައެވެ. އެއަށް އީމާންނުވާކަމުގައެވެ.
Read Tafsir
Ibn Kathir (Abridged)
Ar-Rad was revealed in Makkah
بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ
In the Name of Allah, the Most Gracious, the Most Merciful
The Qur'an is Allah's Kalam (Speech)
We talked before, in the beginning of Surat Al-Baqarah (chapter 2) about the meaning of the letters that appear in the beginnings of some
…Ar-Rad was revealed in Makkah
بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ
In the Name of Allah, the Most Gracious, the Most Merciful