Sign in
Sign in
Sign in
Select Language
013

Ar-Ra'd 13:13 ويسبح الرعد بحمده والملايكة من خيفته ويرسل الصواعق فيصيب بها من يشاء وهم يجادلون في الله وهو شديد المحال ١٣

13:13
وَيُسَبِّحُ
ٱلرَّعۡدُ
بِحَمۡدِهِۦ
وَٱلۡمَلَٰٓئِكَةُ
مِنۡ
خِيفَتِهِۦ
وَيُرۡسِلُ
ٱلصَّوَٰعِقَ
فَيُصِيبُ
بِهَا
مَن
يَشَآءُ
وَهُمۡ
يُجَٰدِلُونَ
فِي
ٱللَّهِ
وَهُوَ
شَدِيدُ
ٱلۡمِحَالِ
١٣
(13) އަދި ގުގުރި ﷲ އަށް تسبيح ވިދާޅުވެ އެކަލާނގެއަށް حمد ثناء ދަންނަވައެވެ. އަދި މަލާއިކަތްބޭކަލުންވެސް އެކަލާނގެއަށް ބިރުފުޅުން تسبيح ވިދާޅުވެ حمد ثناء ދަންނަވައެވެ. އަދި އެކަލާނގެ ހޮނު އަލިފާން ފޮނުއްވައެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެއަލިފާން ދިމާކުރައްވައެވެ. އެފަދަ ކަންތައް ހިންގަވާއިރުވެސް މީސްތަކުންކުރެ ބައެއްމީހުން ﷲ އާ މެދު جدل ކޮށް އެކަލާނގެ قدرة ތެރިކަމަށް އިންކާރުކުރަނީއެވެ. އެކަލާނގެއީ عقوبة ދެއްވުމާއި ހިއްޕެވުން ގަދަވެގެންވާ ކަލާނގެކަމުގައިވާ حال ގައެވެ. • ދަންނައެވެ! الرَّعْدُ މިއީ ދިވެހިން ކިޔާ ގުގުރިއެވެ. އާޔަތުގައި މިވަނީ ގުގުރި تسبيح ވިދާޅުވާ ކަމަށެވެ. އަދި ﷲ އަށް حمد ވެސް ކުރައްވާކަމަށެވެ. މިހެންވެ تفسير علم ވެރިންގެމެދުގައި إختلاف އެއް ހިނގާފައިވެއެވެ. عامّ ކޮށް ގިނަ مفسّر ން ވިދާޅުވަނީ އެއީ ވިލާގެ ކަންތަކާއި حوال ކުރައްވާފައިވާ މަލާއިކަތާކަމަށެވެ. އެއަޑަކީ އެކަލޭގެފާނުންގެ އަޑުފުޅުކަމަށެވެ. އަދި އެ އަލިފާނަކީ އެކަލޭގެފާނުންގެ އަނގަފުޅުން ނެރުއްވާ އަލިފާނެއްކަމަށެވެ. ﷲ ގެ إذن ފުޅަށް މިކަންކަމަކީ ހިނގުން ދުރުކަމެއްނޫނެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ رَعْدُ މިކިޔާ އެއްޗަކީ އެއްވިލާގަނޑު އަނެއްވިލާގަނޑާ ގާތްކޮށް ފިއްތާލާ ވަޔެކެވެ. ދެން ފިތޭވަގުތު އެއަޑު އަންނަނީކަމަށެވެ. މިއީވެސް ހަމަ ﷲ ގެ އިޒުނަފުޅަށް ވުން ދުރުކަމެއްނޫނެވެ. والله أعلم بالصّواب = تفسير قرطبي =.
Continue Reading

Read Tafsir

Ibn Kathir (Abridged)

Clouds, Thunder and Lightning are Signs of Allah's Power

Allah states that He has full power over Al-Barq (lightning), which is the bright light that originates from within clouds. Ibn Jarir recorded that Ibn `Abbas once wrote to Abu Al-Jald asking about the meaning of Al-Barq, and he said that it is

…

Clouds, Thunder and Lightning are Signs of Allah's Power

Allah states that He has full power over Al-Barq (lightning), which is the bright light that o

…
More Tafsirs

Read in Context

Chapter 13, Page 250, Juz 13

8. (8) ކޮންމެ އަންހެންއެއްޗެއް އޭގެ ބަނޑުގައި އުފުލާ ދަރިއެއްގެ خبر ތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ބަނޑުގައި އޮތް ދަރިފުޅަށް حيض ގެ ލެއިފޮނުވުމުގެ ނިސްބަތުން رَحِمُ ގެތެރެއިން މަދުވާވަރަކާއި އަދި އިތުރުވާވަރެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އޭގެ ނިސްބަތަކުން ބަލިވެއިނުމުގެ ދުވަސް މަދުވެ އިތުރުވެއެވެ. އަދި ކޮންމެ އެއްޗެއް އަދި ކޮންމެކަމެއް އެކަލާނގެ حضرة ގައި މިންވަރު ކުރެވިގެންވެއެވެ. އެޔާ ތަފާތުނުވާނެއެވެ. 9. (9) އެކަލާނގެއީ غيب ވެ ފޮރުވި ވަންހަނާވެގެންވާ ކަންތަކާއި ފައުޅުގައި ފެންނަން ހުންނަ ކަންތައްވެސް ދެނެވޮޑިގެންވާ ނުހަނު ހައިބަބޮޑުވެގެންވާ އަދި ހުރިހާ ތަކެއްޗަށްވުރެ މަތިވެރިވެވޮޑިގެންވާ ކަލާނގެއެވެ. 10. (10) އަދި ކަލޭމެންގެތެރެއިން ސިއްރުން ބަސްބުނާމީހެކޭ އަދި އަޑުބާރުކޮށް ބުނާމީހެކޭ އަދި ރޭގަނޑު ނިވައިވެގެން އޮވެގެން އަނދިރީގައި އޮވެގެން ބަސްބުނާމީހެކޭ އަދި ދުވާލު ފާޅުގައި ބަސްބުނާމީހެކޭ އެކަލާނގެއަށް ހަމަހަމައެވެ. ދެނެވޮޑިގަތުމާއި އައްސަވާވޮޑިގަތުން ހަމަހަމައެވެ. 11. (11) އަދި އެކަލާނގެ އަޅާ ރައްކާތެރިކުރެއްވުމަށްޓަކައި އެއްބޭކަލަކު އޭނާގެ ކިބައިން އެނބުރި ވަޑައިގަންނަވާއިރަށް އެޔާ ވިދިގެން އޭނާ ރައްކާތެރިކުރުމަށް ވަޑައިގަންނަވާ އަނެއް ބޭކަލަކު އޭނާގާތަށް ވަޑައިގަންނަވާގޮތަށް ތަރުތީބުވެގެންވާ މަލާއިކަތްބޭކަލުން އެކަލާނގެއަށް خاصّ ވެގެންވެއެވެ. ރޭގަނޑު އެއަޅާ ބަލަހައްޓަވާ ބޭކަލުން އެނބުރިވަޑައިގަންނަވާއިރަށް އެއަޅާ ދުވާލު ބަލަހައްޓަވާ ބޭކަލުން ވަޑައިގަންނަވައެވެ. މިބޭބޭކަލުން ﷲ ގެ އަމުރުފުޅަށް އެކަލާނގެ އަޅާ ރައްކާތެރިކުރައްވާ ބަލަހައްޓަވައެވެ. އަދި އެއްވެސް ބަޔަކަށް ﷲ ދެއްވާފައިވާ نعمة އެއް އަދި رحمة އެއް އެބައެއްގެ نفس ތަކުގައިވާ ކިޔަމަންތެރިކަމާއި صالح عمل ތައް تَغَيَّر ކޮށް އެމީހުންގެ نفس ތައް ބަދަލު ނުކުރާނަމަ ﷲ ގެ نعمة އާއި رحمة އެކަލާނގެ ބަދަލު ނުކުރައްވައެވެ. އަދި އެއްވެސް قوم އަކަށް ﷲ تعالى عذاب އެއް ނުވަތަ ހަލާކެއް އިރާދަކުރައްވައިފިއްޔާ ދެން އެކަން އަނބުރާ ރައްދުވުމެއް ނުވެއެވެ. އެ عذاب އެއް އަދި އެ ހަލާކެއް އަޔަނުދީ ހިފަހައްޓައިލެވޭނެ އެކަކުވެސް ނުވެއެވެ. އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެއްވެސް ސަހަރޯވެރިއެއް ވާގިވެރިއެއް އެމީހުންނަކަށް ނުވެއެވެ. (އަދި އެފަދަނުރައްކަލެއް އެކަލާނގެ އިރާދަކުރައްވައި ފިއްޔާ ދެން ސުނާމީ އަންނަކަން އިޝާރާތްވާ މީޓަރެއްގެ މެޝިނެއްގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ ފޮނުއްވާ އެ مصيبة ދެން އޭރުން ރާޑަރަކަށް މެޝިނަކަށް ނަގައެއް ނުގަނެވޭނެއެވެ.) 12. (12) އަދި ބިރުވެތިވެވޭ އެއްޗެއްގެގޮތުންނާއި ދަހިވެތިވެވޭ އެއްޗެއްގެގޮތުން (އެބަހީ: ދަތުރުވެރިން ބިރުވެތިވާ އަދި ރަށުގައި قائم ވެތިބޭމީހުން ވާރެއަށް ދަހިވެތިވާ އެއްޗެއްގޮތުން) ވިދުވަރުލެއްވީ ހަމަ އެކަލާނގެއެވެ. އަދި ފެނުން ބަރުވެގެންވާ ވިލާތައް އެކަލާނގެ އުފައްދަވާ حركاة ކުރުވައެވެ. 13. (13) އަދި ގުގުރި ﷲ އަށް تسبيح ވިދާޅުވެ އެކަލާނގެއަށް حمد ثناء ދަންނަވައެވެ. އަދި މަލާއިކަތްބޭކަލުންވެސް އެކަލާނގެއަށް ބިރުފުޅުން تسبيح ވިދާޅުވެ حمد ثناء ދަންނަވައެވެ. އަދި އެކަލާނގެ ހޮނު އަލިފާން ފޮނުއްވައެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެއަލިފާން ދިމާކުރައްވައެވެ. އެފަދަ ކަންތައް ހިންގަވާއިރުވެސް މީސްތަކުންކުރެ ބައެއްމީހުން ﷲ އާ މެދު جدل ކޮށް އެކަލާނގެ قدرة ތެރިކަމަށް އިންކާރުކުރަނީއެވެ. އެކަލާނގެއީ عقوبة ދެއްވުމާއި ހިއްޕެވުން ގަދަވެގެންވާ ކަލާނގެކަމުގައިވާ حال ގައެވެ. • ދަންނައެވެ! الرَّعْدُ މިއީ ދިވެހިން ކިޔާ ގުގުރިއެވެ. އާޔަތުގައި މިވަނީ ގުގުރި تسبيح ވިދާޅުވާ ކަމަށެވެ. އަދި ﷲ އަށް حمد ވެސް ކުރައްވާކަމަށެވެ. މިހެންވެ تفسير علم ވެރިންގެމެދުގައި إختلاف އެއް ހިނގާފައިވެއެވެ. عامّ ކޮށް ގިނަ مفسّر ން ވިދާޅުވަނީ އެއީ ވިލާގެ ކަންތަކާއި حوال ކުރައްވާފައިވާ މަލާއިކަތާކަމަށެވެ. އެއަޑަކީ އެކަލޭގެފާނުންގެ އަޑުފުޅުކަމަށެވެ. އަދި އެ އަލިފާނަކީ އެކަލޭގެފާނުންގެ އަނގަފުޅުން ނެރުއްވާ އަލިފާނެއްކަމަށެވެ. ﷲ ގެ إذن ފުޅަށް މިކަންކަމަކީ ހިނގުން ދުރުކަމެއްނޫނެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ رَعْدُ މިކިޔާ އެއްޗަކީ އެއްވިލާގަނޑު އަނެއްވިލާގަނޑާ ގާތްކޮށް ފިއްތާލާ ވަޔެކެވެ. ދެން ފިތޭވަގުތު އެއަޑު އަންނަނީކަމަށެވެ. މިއީވެސް ހަމަ ﷲ ގެ އިޒުނަފުޅަށް ވުން ދުރުކަމެއްނޫނެވެ. والله أعلم بالصّواب = تفسير قرطبي =. 14. (14) دعاء ކުރުން حقّ ވެގެންވަނީ ﷲ އަށެވެ. إجابة ކުރައްވާނީވެސް ހަމަ އެކަލާނގެއެވެ. އަދި مشرك ންގެ މީހުން އެކަލާނގެފިޔަވައި އެގޮވާ ފަރާތްތައް (އެ شريك ންތައް) دعاء ކޮށް ގޮވާ އެހަދާމީހުންނަށް އިޖާބަ ނުކުރާނެއެވެ. އެއްވެސްގޮތަކުން އަޅައިވެސް ނުލާނެއެވެ. އެތަކެއްޗަށް އެއްވެސް އެއްޗެއް މިލްކުވެގެން ނުވެއެވެ. އެފަދަ ތަކެއްޗަށް ގޮވާ دعاء ކުރާމީހާގެ މިސާލަކީ ތިމާގެ ދެއަތްތިލަ ހުޅުވައިގެން ފެންއެއްޗަކަށް އަތްލައިގެން އޮވެ އަނގައިން ފެނަށް ގޮވާމީހާގެ މިސާލެވެ. އެހެން އޮވެ ކިތައްމެވަރަކަށް ހަޅޭލިޔަސް އޭނާގެ އަނގަޔަށް ފެން ނުފޯރާނެއެވެ. ކާފަރުން ބުދަށާއި ދެންވެސް އެބާވަތުގެ ތަކެއްޗަށް ގޮވާ دعاء ކުރާ ކުރުންވެސް ހަމައެފަދައެވެ. އެއީ ހަމަ ގެއްލުމާއި ހަލާކެވެ. މަގުފުރެދުމެކެވެ. 15. (15) އަދި އުޑުތަކާއި ބިމުގައިވާހާބަޔަކު ރުހި ކިޔަމަންތެރިވެގެންވެސް އަދި ނުރުހި ނުކިޔަމަންތެރިވެގެންވެސް، ކިޔަމަންތެރިވުން ވާޖިބުވެގެންވަނީ ހަމަ ﷲ އަށެވެ. އަދި ހެނދުނާއި ހަވީރު، އެމީހުންގެ ހިޔަނިތައްވެސް އެކަލާނގެއަށް سجدة ކުރެއެވެ. ކިޔަމަންވެގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute