Sign in
Sign in
Sign in
Select Language
052

At-Tur 52:29 فذكر فما انت بنعمت ربك بكاهن ولا مجنون ٢٩

52:29
فَذَكِّرۡ
فَمَآ
أَنتَ
بِنِعۡمَتِ
رَبِّكَ
بِكَاهِنٖ
وَلَا
مَجۡنُونٍ
٢٩
ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

Absolving the Prophet of the False Accusations the Idolators made against Him

Allah the Exalted commands His Messenger to convey His Message to His servants and remind them of His revelation that has been sent down to him. Next, Allah refutes the false accusations that the liars and sinners accused t

…

Absolving the Prophet of the False Accusations the Idolators made against Him

Allah the Exalted commands His Messenger to convey His Message to His ser

…
More Tafsirs

Read in Context

Chapter 52, Page 524, Juz 27

29. ފަހެ، ކަލޭގެފާނު ހަނދާންކޮށްދެއްވުންމަތީ ދެމިހުންނަވާށެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ފުޅުން ކަލޭގެފާނީ، كاهن އަކު ކަމުގައިވެސް އަދި މޮޔައަކު ކަމުގައިވެސް ނުވެތެވެ. 30. އަދި ކިއެއްތަ! އެއީ شاعر އެކޭ އެއުރެން ބުނަނީހެއްޔެވެ؟ އެ شاعر މަރުވެދިޔުމަށް ތިމަންމެން ބަލަބަލައި ތިބެމުއެވެ. 31. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބަލަބަލައިތިބޭށެވެ! ފަހެ، ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު ބަލަބަލައިތިބޭ މީހުންގެ ތެރެއިން ވަމެވެ. 32. އަދި ކިއެއްތަ! އެއުރެންގެ ބުއްދިތައް އެގޮތަށް ބުނުމަށް އެއުރެންނަށް އަމުރުކުރަނީހެއްޔެވެ؟ ނުވަތަ އެއުރެންނީ ވިސްނުމަކާނުލައި ދެކޮޅުހަދާ ބަޔަކީހެއްޔެވެ؟ 33. އަދި ކިއެއްތަ! އެ قرآن އަކީ، އެކަލޭގެފާނު އަމިއްލަފުޅަށް ހައްދަވައިގެން ވިދާޅުވާ އެއްޗެއްކަމަށް އެއުރެން ބުނެއުޅެނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެން إيمان އެއް ނުވެތެވެ. 34. ފަހެ، އެއުރެންނީ، ތެދުބުނާބަޔަކު ކަމުގައިވާނަމަ، އެފަދަ قرآن އަކާއިގެން އައިސްބަލާށެވެ! 35. އަދި ކިއެއްތަ! ހެއްދެވިފަރާތެއްނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟ 36. އަދި ކިއެއްތަ! އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، إيمان ނުވާ ބަޔެކެވެ. 37. އަދި ކިއެއްތަ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ خزانة ތައް އެބައިމީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެކަންކަމުގެ ބާރު، އެއުރެންނަށް ލިބިގެންވަނީ ހެއްޔެވެ؟ 38. އަދި ކިއެއްތަ! (ملائكة ން ދައްކަވާ ވާހަކަފުޅު) އެއުރެން އެހުމަށް އެއުރެންނަށް ހަރުގަނޑެއް ވަނީހެއްޔެވެ؟ ފަހެ، އެއުރެންކުރެ އަހާކަމަށްބުނާ މީހާ، ބަޔާންވެގެންވާ حجّة އެއް ގެނެސްދީބަލާށެވެ! 39. އަދި ކިއެއްތަ! އެކަލާނގެއަށް އަންހެންދަރިންވެފައި، ފިރިހެންދަރިން، ތިޔަބައިމީހުންނަށް ވަނީހެއްޔެވެ؟ 40. އަދި ކިއެއްތަ! އެއުރެންގެ ކިބައިން އުޖޫރައަކަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީހެއްޔެވެ؟ ފަހެ، އެއުރެން އެ އުޖޫރަ ދޭންޖެހުމުގެ ސަބަބުން އެއުރެންނަށް ބުރަކަމެއް ލިބެނީހެއްޔެވެ؟ 41. އަދި ކިއެއްތަ! ފަހެ، އެއުރެން އެއިން ލިޔުމަށް އެއުރެންގެ ގާތުގައި غيب ގެ علم ވަނީ ހެއްޔެވެ؟ 42. އަދި ކިއެއްތަ! އެއުރެން (ކަލޭގެފާނާމެދު) ކެހިވެރި ރޭވުމެއް ރާވަން އެދެނީހެއްޔެވެ؟ ފަހެ، ކެހިވެރިކަން ރައްދުވާބަޔަކީ كافر ންނެވެ. 43. އަދި ކިއެއްތަ! اللَّه ފިޔަވައި އެހެން إله އެއް އެއުރެންނަށް ވަނީހެއްޔެވެ؟ އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވަންތަވެވޮޑިގެންވެއެވެ. 44. (އެއުރެންނަށް عذاب އެއްގެ ގޮތުގައި) އުޑުން ތަންގަނޑެއް ވެއްޓޭތަން އެއުރެންނަށް ފެނިއްޖެނަމަ، މަތިމައްޗަށްހުރި ވިލާތަކެކޭ އެއުރެން ބުނާނެތެވެ. 45. ފަހެ، އެއުރެން ހަލާކުވެގެންދާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! 46. (އެއީ) އެއުރެންގެ މަކަރުވެރި ރޭވުން، އެއުރެންނަށް އެއްވެސްކަމެއް ފުއްދައިނުދޭ، އަދި އެއުރެންނަށް نصر ވެރިކަމެއްވިޔަސް ނުލިބޭ ދުވަހެވެ. 47. ހަމަކަށަވަރުން، އަނިޔާވެރިވީ މީހުންނަށް (ދުނިޔޭގެ) عذاب ގެ އިތުރަށް عذاب ހުށްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. 48. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުވަނީ ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާހިނދު ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! 49. އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ!

- Office of the President of Maldives

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute