Az-Zumar 39:59 بلى قد جاءتك اياتي فكذبت بها واستكبرت وكنت من الكافرين ٥٩
بَلَىٰ
قَدۡ
جَآءَتۡكَ
ءَايَٰتِي
فَكَذَّبۡتَ
بِهَا
وَٱسۡتَكۡبَرۡتَ
وَكُنتَ
مِنَ
ٱلۡكَٰفِرِينَ
٥٩
(59) އެހެން އެއްގޮތަކަށްވެސް ނުވާނެއެވެ. (އެބަހީ ދެވަނަފަހަރަށް ފޮނުއްވުމެއްނުވެއެވެ.) އަދި ޤިޔާމަތްދުވަހުން އޭނާއަށް އެންގޭނެއެވެ. ހަމަކަށަވަރުން ކަލޭގެގާތަށް ތިމަންރަސްކަލާނގެ އާޔަތްތަށް އައެވެ. ދެންކަލޭ އެއާޔަތްތަށް ދޮގުކޮށް އަދި ބޮޑާވެ ކިބުރުވެރިވިގަތީއެވެ. އަދި ކަލޭވީ ކާފަރުންގެ ތެރެއިންނެވެ. (މިފަދަ މިފަދަ ނަމަތަށް ކިއުމުގެ ކުރިން ކަލޭމެން ﷲ ބާވައިލެއްވި ކީރިތި قُرْآن އާއި ތަބަޢަވެ އެކަލާނގެއަށް ކިޔަމަންތެރިވާށެވެ.)
• ދަންނައެވެ. މި آية: (قل يا عبادى الّذين أسرفو على أنفسهم.) މިއާޔަތަކީ ކީރިތި قُرْآن ގައި އަޅުތަކުންނަށްޓަކައިވާ އެންމެ އުފާވެރި بشارة ކަމުގައިވާނެއެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ حضرة ންވާ އޯގާވަންތަކަމާއި رحمة އަކީ ފުންމިން ނޭގޭ ކަނޑެކެވެ.
• އެންމެ ފުރަތަމަ އެކަލާނގެ ރަސްކަންފުޅާއި އަޅުތަކުން ނިސްބަތްކުރައްވާ ގުޅުވާފައިވުމަކީ އަޅުތަކުންނަށްވާ މާތްކަމާއި شرف އެކެވެ. އަދި އުފާވެރިކަމުގެ ދަލީލެކެވެ.
• ދެވަނައަށް އެވަނީ އެބައިމީހުން ފާފަޔާއި އުރެދުމުގައި ގިނަކޮށް إسراف ކުރިކަން بيان ކުރައްވާފައެވެ.
• ތިންވަނައަށް އެޔާވިދިގެން އެއަންގަވަނީ އެފަދަ ގިނަ ފާފައިގެ އަޅުންވެސް އެކަލާނގެ رحمة ން أميد ކަނޑައިނުލެއްވުމަށެވެ. އެފަދަ ގިނަ ފާފައިގެ އަޅުންނަށް رحمة ން أميد ކަނޑައިނުލުމަށް އެންގެވީމާ އެތަނުގެ مفهوم ން ސާބިތުވަނީ މަދު ފާފައިގެ أهل ވެރިންނަށް އެކަލާނގެ ފުއްސެވުން މާ أوليى ވެގެންވާކަމެވެ.
• ދެން އެޔާއެކު ހުރިހާ ޝައްކުން ފިލާވަރު ބަސްފުޅު އެވަނީއެވެ. (إنّ الله يغفر الذ نوب جميعا) يعني ހަމަކަށަވަރުން ﷲ އެންމެހައި ފާފައެއްފުއްސަވައެވެ. މިފަދަ ބަސްފުޅުތަކުން އަޅުތަކުންނަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! ﷲ ގެ رحمة ގެ ބޮޑުކަމާއެވެ! ނަމަވެސް އެޔާވިދިގެންވާ އާޔަތުގައި އެއަންގަވަނީ އެކަލާނގެއަށް توبة ވެ رجوع ވެ އެކަލާނގެއަށް ކިޔަމަންވުމަށެވެ. މިއިން މިއެނގެނީ އެފަދަ ބޮޑު رحمة އާއި އޯގާވަންތަކަން ﷲ ގެ حضرة ގައިވާއިރު އަޅުތަކުން އެކަމަށް އެދި އެކަލާނގެ حضرة އަށް رجوع ވެ توبة ވުން އަވަސްކުރަންވީކަމެވެ. والله أعلم.
Read Tafsir
Ibn Kathir (Abridged)
The Call to repent before the Punishment comes
This Ayah is a call to all sinners, be they disbelievers or others, to repent and turn to Allah. This Ayah tells us that Allah, may He be blessed and exalted, will forgive all the sins of those who repent to Him and turn back to Him, no matter what or ho
…The Call to repent before the Punishment comes
This Ayah is a call to all sinners, be they disbelievers or others, to repent and turn to Allah. This Ay
…