Sign in
Sign in
Sign in
Select Language
035

Fatir 35:30 ليوفيهم اجورهم ويزيدهم من فضله انه غفور شكور ٣٠

35:30
لِيُوَفِّيَهُمۡ
أُجُورَهُمۡ
وَيَزِيدَهُم
مِّن
فَضۡلِهِۦٓۚ
إِنَّهُۥ
غَفُورٞ
شَكُورٞ
٣٠
(އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Muslims will be the Ones Who gain in the Hereafter

Here Allah tells us that His believing servants, who recite and believe in His Book, and do the deeds prescribed in it such as establishing regular prayer at the prescribed times, night and day, spending (in charity) out of that which Allah has p

…

The Muslims will be the Ones Who gain in the Hereafter

Here Allah tells us that His believing servants, who recite and believe in His Book, and do the

…
More Tafsirs

Read in Context

Chapter 35, Page 437, Juz 22

27. ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ. 28. އަދި މީސްތަކުންގެ ތެރެއިންނާއި، ދިރޭ ތަކެތީގެ ތެރެއިންނާއި، نعم ސޫފީގެ ތެރެއިންވެސް ހަމައެފަދައިން ކުލަތައް ތަފާތުވެގެންވާ ތަކެތިވެއެވެ. اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. 29. ހަމަކަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. 30. (އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ. 31. ފޮތުގެ ތެރެއިން ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރެއްވި ތަކެއްޗަކީ، އޭގެކުރީގައިވާ ފޮތްތައް ތެދުކުރާ حق ތެދުބަސްފުޅެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންގެ خبر ތައް މޮޅަށް ދެނެވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. 32. ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެ خيار ކުރެއްވި ބަޔަކަށް، ފޮތް ވާރުތަކޮށްދެއްވީމެވެ. ފަހެ، އެއުރެންގެ އަމިއްލަ نفس އަށް އަނިޔާވެރިވާ ބަޔަކު، އެއުރެންގެތެރެއިން ވެއެވެ. އަދި (ހެޔޮކަންތައް ކުރުމުގައި) މެދުމިންވެ ތިބޭ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި اللَّه ގެ إذن ފުޅާއެކު، ހެޔޮކަންތަކުގައި ކުރިއަރައިދާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ބޮޑުވެގެންވާ فضل ވަންތަކަމަކީ ހަމައެއީއެވެ. 33. (އެއީ) عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެއުރެން އެ ސުވަރުގެތަކަށް ވަންނާނެތެވެ. އެތާނގައި ރަނުންނާއި ރަންމުތުންވާ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ. އަދި އެތާނގައި އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ. 34. އަދި އެއުރެން ބުނާނެތެވެ. حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ. 35. އެކަލާނގެއީ، އެކަލާނގެ فضل ވަންތަކަމުން، ތިމަންމެން قائم ވެ ތިބުމުގެ ގޮވަތީގައި (އެބަހީ: ސުވަރުގޭގައި) ވަޒަންވެރިކުރެއްވި ރަސްކަލާނގެއެވެ. އެތާނގައި ވަރުބަލިވުމެއް ތިމަންމެންނަކަށް ނުލިބޭނެތެވެ. އަދި އެތާނގައި ފޫހިކަމެއްވެސް ތިމަންމެންނަކަށް ނުމެލިބޭނޭމެއެވެ. 36. އަދި كافر ވިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذاب ން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ. 37. އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) عمل ނޫން صالح عمل ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عمر ނުދަންމަވަން ހެއްޔެވެ؟ އަދި إنذار ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (عذاب ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު ނުވެތެވެ.

- Office of the President of Maldives

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute