Fussilat 41:28 ذالك جزاء اعداء الله النار لهم فيها دار الخلد جزاء بما كانوا باياتنا يجحدون ٢٨
ذَٰلِكَ
جَزَآءُ
أَعۡدَآءِ
ٱللَّهِ
ٱلنَّارُۖ
لَهُمۡ
فِيهَا
دَارُ
ٱلۡخُلۡدِ
جَزَآءَۢ
بِمَا
كَانُواْ
بِـَٔايَٰتِنَا
يَجۡحَدُونَ
٢٨
(28) ﷲ ގެ عدوّ ންގެ އެ ޖަޒާއަކީ ހަމަ ސީދާ ނަރަކައެވެ. އަލިފާނެވެ. އެމީހުން އެތާ އަބަދީ ގޮތެއްގައި ދެމިތިބޭ ހުއްޓެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދުމުގެ ޖަޒާއެއްގެ ގޮތުންނެވެ.
• ދަންނައެވެ. ފަހުގެ މި ތިން އާޔަތުން ސިފަވެގެން މިދާ ކާފަރުންނާއި، އެމީހުންގެ عمل ތަކާއި، މިހާރު މިތިބި تهذيب ކާފަރުންނާއި، ޑުޕްލިކޭޓް إسلام ންނާއި، އަދި މި މީހުންގެ عمل އާ އެއްވެސް ތަފާތެއް އެބަހުރި ބާވައެވެ؟ ބުއްދިވެރީން ވިސްނައިލާން ރަނގަޅު ކަމެކެވެ. އެމީހުން އެ ޒަމާނުގައި އެ އުޅުނީ رسول الله ﷺ قُرآن ކިޔަވާ ވިދާޅުވާ އަޑު މީހަކަށް އިވުނަ ނުދޭން ވެގެންނެވެ. ކިޔަވާ ވިދާޅުވާން ފެށީމާ ހަޅޭލަވައި އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި ހޯބޯލަވައި މިޒާތުގެ ކަންތައް ކޮށް قُرآن ގެ އަޑު ބަންދުކުރީއެވެ.
މިޒަމާނުގައިވެސް قُرآن އާއި، އަދި إسلام دين ގެ تعليم އާ ދުރަށް ގެންދެވޭތޯ قُرآن ގެ އަޑު ނުއިއްވޭތޯ، އަދި ކުއްޖަކުވެސް އެ قُرآن ކިޔަވައިފާނެތީ ނުކިޔަވައި ވާނޭހައި ގޮތެއް ހަދަނީއެވެ. قُرآن އާ ނުބެހޭ تعليم އެއީ އެންމެ މަތީ تعليم ކަމުގައި ހަދައި، ރެޔާއި، ދުވާލު ރެޑިޔޯތަކާއި، ޓީވީތަކުން ޒާތްޒާތުގެ ނަންނަމުގައި ޕްރޮގްރާމްތައް ހިންގައި، ކުޅިވަރުގެ ތަފާތު ވާދަވެރި މުބާރާތްތައް رمضان މަހުގެ ރޭތަކުގައިވެސް ހިނގަމުން ދާއިރު އަދި އެހެން މަސްމަހު ހުންނާނީ ކިހާ ފެންވަރަކަށް ބާވައެވެ. رمضان މަހަކީ قُرآن ގެ މައްސަރުގެ ނަމުން مشهور ވެގެންވާ މައްސަރެވެ. وَالْغَوْ فِيْهِ ވާނޭ ވަރެއް އަދި މީގެ އިތުރަށްވެސް ވޭބާވައެވެ. ތަފާތުވަނީ ޒަމާނާއި މީހުންނެވެ. عمل ގައި ތަފާތު ވާކަމަކަށް ނުފެނުނެވެ. فاعتبروا يا أوليى الأبصار.
Read Tafsir
Ibn Kathir (Abridged)