Sign in
Sign in
Sign in
Select Language
041

Fussilat 41:32 نزلا من غفور رحيم ٣٢

41:32
نُزُلٗا
مِّنۡ
غَفُورٖ
رَّحِيمٖ
٣٢
(32) އެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެ އެކަލާނގެ مهمان ންނަށް ތައްޔާރުކޮށްދެއްވާފައިވާ ތަކެއްޗެވެ. މެހްމާންދާރީ ކަމެވެ. (اللهم اجعلنى منهم. آمين)
Continue Reading

Read Tafsir

Ibn Kathir (Abridged)

Glad Tidings to Those Who believe in Allah Alone and stand firm

إِنَّ الَّذِينَ قَالُواْ رَبُّنَا اللَّهُ ثُمَّ اسْتَقَـمُواْ

(Verily, those who say: "Our Lord is Allah," and then they stand firm,) means, they do good deeds sincerely for the sake of Allah, and they obey Allah, doing what Allah has pre

…

Glad Tidings to Those Who believe in Allah Alone and stand firm

إِنَّ الَّذِينَ قَالُواْ رَبُّنَا اللَّهُ ثُمَّ اسْتَقَـمُواْ

(Verily, those who say: "O

…
More Tafsirs

Read in Context

Chapter 41, Page 480, Juz 24

26. (26) އަދި ކާފަރުންގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއެވެ. އޭ ކަލޭމެންނޭވެ! މި قُرآن ކިޔަވާ އަޑު ކަލޭމެން ނާހާށެވެ! އަދި އެ ކިޔަވާއިރު ހަޅޭލަވައި، އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި، ހޯބޯލަވައިހަދާށެވެ! (އެއީ قُرآن ކިޔަވާ އަޑުއަހައިގެން އަސަރުކޮށް ތެދުމަގަށް އަތުވެދާނޭތީއެވެ.) އަދި އޭރުން إسلام دين އަށާއި، محمّد ގެފާނުގެ މައްޗަށް ކަލޭމެން ގަދަވެދާނޭ ކަންނޭނގެއެވެ. ކަލޭމެން ގަދަވުމުގެ أمّيد ގައެވެ. 27. (27) (ﷲ އެފަދަ މީހުންނާމެދު وحي ކުރައްވައެވެ.) ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ތިމަން ރަސްކަލާނގެ ގަދަވެގެންވާ عذاب ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން އެމީހުން ދުނިޔޭގައި ތިބެގެން ކުރާ ނުބައި ނުލަފާ ކަންތަކަށް، ތިމަން ރަސްކަލާނގެ ހެޔޮވަރު ޖަޒާ ދެއްވާހުށީމެވެ. 28. (28) ﷲ ގެ عدوّ ންގެ އެ ޖަޒާއަކީ ހަމަ ސީދާ ނަރަކައެވެ. އަލިފާނެވެ. އެމީހުން އެތާ އަބަދީ ގޮތެއްގައި ދެމިތިބޭ ހުއްޓެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދުމުގެ ޖަޒާއެއްގެ ގޮތުންނެވެ. • ދަންނައެވެ. ފަހުގެ މި ތިން އާޔަތުން ސިފަވެގެން މިދާ ކާފަރުންނާއި، އެމީހުންގެ عمل ތަކާއި، މިހާރު މިތިބި تهذيب ކާފަރުންނާއި، ޑުޕްލިކޭޓް إسلام ންނާއި، އަދި މި މީހުންގެ عمل އާ އެއްވެސް ތަފާތެއް އެބަހުރި ބާވައެވެ؟ ބުއްދިވެރީން ވިސްނައިލާން ރަނގަޅު ކަމެކެވެ. އެމީހުން އެ ޒަމާނުގައި އެ އުޅުނީ رسول الله ﷺ قُرآن ކިޔަވާ ވިދާޅުވާ އަޑު މީހަކަށް އިވުނަ ނުދޭން ވެގެންނެވެ. ކިޔަވާ ވިދާޅުވާން ފެށީމާ ހަޅޭލަވައި އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި ހޯބޯލަވައި މިޒާތުގެ ކަންތައް ކޮށް قُرآن ގެ އަޑު ބަންދުކުރީއެވެ. މިޒަމާނުގައިވެސް قُرآن އާއި، އަދި إسلام دين ގެ تعليم އާ ދުރަށް ގެންދެވޭތޯ قُرآن ގެ އަޑު ނުއިއްވޭތޯ، އަދި ކުއްޖަކުވެސް އެ قُرآن ކިޔަވައިފާނެތީ ނުކިޔަވައި ވާނޭހައި ގޮތެއް ހަދަނީއެވެ. قُرآن އާ ނުބެހޭ تعليم އެއީ އެންމެ މަތީ تعليم ކަމުގައި ހަދައި، ރެޔާއި، ދުވާލު ރެޑިޔޯތަކާއި، ޓީވީތަކުން ޒާތްޒާތުގެ ނަންނަމުގައި ޕްރޮގްރާމްތައް ހިންގައި، ކުޅިވަރުގެ ތަފާތު ވާދަވެރި މުބާރާތްތައް رمضان މަހުގެ ރޭތަކުގައިވެސް ހިނގަމުން ދާއިރު އަދި އެހެން މަސްމަހު ހުންނާނީ ކިހާ ފެންވަރަކަށް ބާވައެވެ. رمضان މަހަކީ قُرآن ގެ މައްސަރުގެ ނަމުން مشهور ވެގެންވާ މައްސަރެވެ. وَالْغَوْ فِيْهِ ވާނޭ ވަރެއް އަދި މީގެ އިތުރަށްވެސް ވޭބާވައެވެ. ތަފާތުވަނީ ޒަމާނާއި މީހުންނެވެ. عمل ގައި ތަފާތު ވާކަމަކަށް ނުފެނުނެވެ. فاعتبروا يا أوليى الأبصار. 29. (29) އަދި ކާފަރުވީ މީސްތަކުން (ނަރަކައިގެ عذاب ލިބެމުންދާ ވަގުތު) ﷲއަށްދަންނަވާނެއެވެ. އޭއަޅަމެންގެربّ އެވެ. ޖިންނީންނާއި، އިންސާނުންގެ ތެރެއިން އަޅަމެން މަގުފުރެއްދިދެމީހުން ނުވަތަ ދެޕާޓީ އަޅަމެންނަށް ދައްކަވާނދޭވެ! އެ ދެފަރާތް އަޅަމެންގެ ފައިތިލަތަކުގެދަށަށް ލާހުށީމެވެ. އެއީ އެ ދެފަރާތް އަޅަމެންގެ އެންމެ ދަށަށް ލުމަށެވެ. (އެއީ އެމީހުންނަށް عذاب ގަދަވުމަށް ޓަކައެވެ.) • ދަންނައެވެ. މިއާޔަތުގައި މިވާ މަގުފުރެއްދި ދެމީހުންނާމެދު ބަސް ތަފާތުވެގެން ވެއެވެ. އެއްބައި ބޭކަލުން ވިދާޅުވަނީ އެއީ شيطان ންގެ ތެރެއިން އިންސާނުންނަށް كافر ކަމާއި، شرك ކުރުމާއި، މި ކަންކަމަށް ވަސްވާސްދީ، މީސްތަކުން ލަންބައި، މަގުން ނެއްޓުވި شيطانން ކަމަށެވެ. އަދި އަނެއްބައިބޭކަލުންވިދާޅުވަނީ އެއީ އާދަމުގެ ދަރީންގެ ތެރެއިން އެފަދަ ކަންކަން ޒީނަތްތެރިކޮށްދިން ކާފަރުކަމުގެ ބޮޑެތި ވެރީންކަމަށެވެ. 30. (30) ތިމާމެންގެ ربّ އެއީ ﷲ އޭ ބުނެ ދެން އެގޮތުގެ މަތީގައި (شريك އެއް ނުކޮށް توحيد ގެ މަތީ، ކިޔަމަންތެރިކަމާއެކު) قائم ވެ ތިބި މީހުން (މަރަށް حاضر ވާ ވަގުތު، ނުވަތަ ކަށްވަޅުން محشر ގެ ميدان އަށް ނުކުންނަ ވަގުތު) ދަންނައެވެ. އެމީހުންގެ ގާތަށް رحمة ގެ ملائكة ބޭކަލުން ވަޑައިގަންނަވާނެއެވެ. (އަދި އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ. އަދި ހިތާމަވެސް ނުކުރާށެވެ. އަދި ތިޔަބައިމީހުންނަށް ސުވަރުގެ ހުރިކަމުގެ އުފާ ކުރާށެވެ. އެއީ ތިޔަބައިމީހުންނަށް ދެއްވުމަށް وعد ވެވިގެންވާ ތަނެވެ. ﷲ وعد ކުރައްވާފައިވާ ތަނެވެ. 31. (31) ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައިވެސް، އަދި آخرة ގެ حياة ގައިވެސް ތިޔަބައިމީހުން ރައްކާތެރި ކުރައްވާ، އަދި އެހީތެރިކަން ބަހައްޓަވާ ބޭކަލުންނެވެ. އަދި ސުވަރުގޭގައި ތިޔަބައިމީހުން ހިތްއެދޭހައި ކަމެއް نفس ތައް އެކަންކަމަށް ދަހިވެތިވާ އެންމެހައި ކަމެއް ވެއެވެ. 32. (32) އެއީ ގިނަގިނައިން ފާފަފުއްސަވާ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެ އެކަލާނގެ مهمان ންނަށް ތައްޔާރުކޮށްދެއްވާފައިވާ ތަކެއްޗެވެ. މެހްމާންދާރީ ކަމެވެ. (اللهم اجعلنى منهم. آمين)

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute