Sign in
Sign in
Sign in
Select Language
011

Hud 11:28 قال يا قوم ارايتم ان كنت على بينة من ربي واتاني رحمة من عنده فعميت عليكم انلزمكموها وانتم لها كارهون ٢٨

11:28
قَالَ
يَٰقَوۡمِ
أَرَءَيۡتُمۡ
إِن
كُنتُ
عَلَىٰ
بَيِّنَةٖ
مِّن
رَّبِّي
وَءَاتَىٰنِي
رَحۡمَةٗ
مِّنۡ
عِندِهِۦ
فَعُمِّيَتۡ
عَلَيۡكُمۡ
أَنُلۡزِمُكُمُوهَا
وَأَنتُمۡ
لَهَا
كَٰرِهُونَ
٢٨
(28) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން علم އާއި مَعْرِفَة ވެރިކަމެއްގެ މަތީގައިވެފައި އަދި ތިމަންކަލޭގެފާނަށް އެކަލާނގެ حضرة ން رحمة އެއް އައިސްފައި يعني: نبي ކަމާއި رسول ކަން އައިސްފައި އަދި އެ رحمة ކަލޭމެންގެމައްޗަށް އަނދިރިވެ ވަންހަނާވެފައިވުމާއި އެކު ކަލޭމެން އެކަމަށް ނުރުހިތިބޭ حال ތިމަންކަލޭގެފާނު ކަލޭމެންގެ މައްޗަށް އެކަން لاَزِمُ ކުރަންވީހެއްޔެވެ؟ (އެކަން އެހެން ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ނިޔާކުރައްވަންދެން ކަލޭމެންގެ ކަންތައް ﷲ އާއި وكيل ކުރަމެވެ.)
Continue Reading

Read Tafsir

Ibn Kathir (Abridged)

The Response of Nuh

Allah says, informing about the response of Nuh to his people,

أَرَأَيْتُمْ إِن كُنتُ عَلَى بَيِّنَةٍ مِّن رَّبِّى

(Tell me, if I have a clear proof from my Lord,) Bayyinah means certainty, a clear matter, and truthful prophethood. That is the greatest mercy from Allah upon him (Nu

…

The Response of Nuh

Allah says, informing about the response of Nuh to his people,

أَرَأَيْتُمْ إِن كُنتُ عَلَى بَيِّنَةٍ مِّن رَّبِّى

(Tell me, if I ha

…
More Tafsirs

Read in Context

Chapter 11, Page 224, Juz 12

25. (25) އަދި ހަމަކަށަވަރުން نُوح (عليه السّلام) رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނުންގެ قوم އަށް ފޮނުއްވީމެވެ. (އެކަލޭގެފާނު قوم އަށް ވިދާޅުވިއެވެ.) ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެނަށްވާ نذير އަކީމެވެ. (ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކީމެވެ.) 26. (26) އެއީ ﷲ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުރާށޭ (މިފަދައިން އެންގެވުމަށެވެ.) ހަމަކަށަވަރުން ވޭންދެނިވި عذاب އެއް ކަލޭމެންގެ މައްޗަށް އަތުވެދާނޭ ދުވަހަކަށް ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައިގަންނަވަމެވެ. ﷲ ނޫން ފަރާތަކަށް އަޅުކަންކޮށްފިއްޔާ މިބުނާ عذاب حقّ ވާނެއެވެ. 27. (27) ފަހެ އެކަލޭގެފާނުންގެ قوم ގެ ބޮޑުންކުރެ ބޮޑެތި ކާފަރުން ބުންޏެވެ. (އޭ نوح އެވެ!) ކަލޭގެފާނީ ހަމަ އަހުރެމެންކަހަލަ آدم ގެ ދަރިއަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވާ މީހުންނަކީ އަހުރެމެންގެ ތެރޭގައިވާ އެންމެ ދަށް ދެރަ އަދި ބުއްދިޔާ رَأيُ ގެގޮތުން ހަރުދަނާކަމެއް ނެތް ބަޔަކުކަމުގައިމެނުވީ އަހުރެމެން ނުދެކެމުއެވެ. އަދި އަހުރެމެންގެމައްޗަށް ކަލޭގެފާނުންގެ ކިބައިގައި އިތުރު މާތްކަމެއްވާކަމަކަށް އަހުރެމެން ނުދެކެމެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނާމެދު އަހުރެމެންނަށް ހީވަނީ ކަލޭމެންނަކީ ދޮގުވެރިންކަމުގައެވެ. 28. (28) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ކަލޭމެން ނިކަން خبر ދީބަލާށެވެ! ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުންގެ ربّ ގެ حضرة ން علم އާއި مَعْرِفَة ވެރިކަމެއްގެ މަތީގައިވެފައި އަދި ތިމަންކަލޭގެފާނަށް އެކަލާނގެ حضرة ން رحمة އެއް އައިސްފައި يعني: نبي ކަމާއި رسول ކަން އައިސްފައި އަދި އެ رحمة ކަލޭމެންގެމައްޗަށް އަނދިރިވެ ވަންހަނާވެފައިވުމާއި އެކު ކަލޭމެން އެކަމަށް ނުރުހިތިބޭ حال ތިމަންކަލޭގެފާނު ކަލޭމެންގެ މައްޗަށް އެކަން لاَزِمُ ކުރަންވީހެއްޔެވެ؟ (އެކަން އެހެން ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ ﷲ ނިޔާކުރައްވަންދެން ކަލޭމެންގެ ކަންތައް ﷲ އާއި وكيل ކުރަމެވެ.) 29. (29) އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު رسول ކަން ކަލޭމެނަށް އިއްވެވުމުގެ މައްޗަށް އެއްވެސް މުދަލެއް (أجُور އެއް) ކަލޭމެންގެ ކިބައިން ނޭދެމެވެ. ތިމަންކަލޭގެފާނުންގެ އުޖޫރަ ވާކަން ކަށަވަރީ ﷲ ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނީ އީމާންވެގެންތިބި މީހުން ދުރުކޮށް ފައްސައިލާނޭ މީހަކީމެއްނޫނެވެ. އެމީހުންނީ އެމީހުންގެ ربّ އާއި ބައްދަލުކުރާނޭ ބައެކެވެ. އަދި ކިއެއްހެއްޔެވެ؟ އެހެނެއްކަމަކު ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކަލޭމެންނީ ހަމަ جاهل ނުދަންނަ ބަޔަކުކަމުގައެވެ. 30. (30) އޭ ތިމަންކަލޭގެފާނުންގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު އެމީހުން يعني: إيمان ވީމީހުން ފައްސާ ދުރުކޮށްގެން ﷲ ގެ حضرة ން عقوبة އެއް އަތުވެއްޖެއްޔާ ދެން ތިމަންކަލޭގެފާނަށް نصر ދީ ވާގިދޭނީ ކާކުހެއްޔެވެ؟ ކަލޭމެން ފަހެ އެއްޗެއް ވިސްނާ نصيحة ލިބިނުގަންނާނެހެއްޔެވެ؟ 31. (31) އަދި ތިމަންކަލޭގެފާނުގެ އަތުގައި ﷲ ގެ خزانة ވެޔެކޭވެސް ކަލޭމެންގާތު ތިމަންކަލޭގެފާނު ވިދާޅުނުވާނަމެވެ. އަދި ތިމަންކަލޭގެފާނަށް غيب ނޭނގެއެވެ. އަދި ތިމަންކަލޭގެފާނީ ހަމަކަށަވަރުން މަލާއިކަތެކޭވެސް ވިދާޅެއްނުވާނަމެވެ. އަދި ކަލޭމެންގެ ލޯތަކަށް އެމީހުންނަކީ މާދަށް ދެރަބަޔަކުކަމުގައި ދެކޭމީހުންނަށް - އެބަހީ: إيمان ވީމީހުންނަށް - ﷲ އެއްވެސް ހެޔޮކަމެއް ނުދެއްވާނެއެކޭވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވާނަމެވެ. އެމީހުންގެ نفس ތަކުގައިވާކަމެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ. އެހެން ހަދައިފިއްޔާ (އެބަހީ: އީމާންވީ މީހުން ދުރުކޮށް ފައްސައިލައިފިއްޔާ އަދި އެމީހުންނަށް އެއްވެސް ހެޔޮކަމެއް ނުދެއްވާނޭ ބުނެފިއްޔާ) ހަމަކަށަވަރުން ތިމަންކަލޭގެފާނުވާހުށީ އަނިޔާވެރިންގެތެރެއިންކަންކަށަވަރެވެ. 32. (32) އެމީހުން ދެންނެވިއެވެ. އޭ نوح އެވެ! ކަލޭގެފާނު އަހުރެމެންނާ جدل ކުރައްވައިފީމުއެވެ. އަދި جدل ވަރަށްގިނަވެސް ކުރައްވައިފީމުއެވެ. ދެން އެހެންވީއިރު އަހުރެމެންގެމައްޗަށް އަންނާނެކަމަށް ތިޔަވިދާޅުވާ އަދި وعد ކުރައްވާ އެތި يعني: عذاب އަހުރެމެންގެމައްޗަށް ގެނަސްދެއްވާށެވެ! ކަލޭގެފާނީ ތެދުވެރިޔަކު ކަމުގައިވަންޏާއެވެ. 33. (33) އެކަލޭގެފާނު ވިދާޅުވިއެވެ. އެ عذاب ކަލޭމެންނަށް ގެންނަވާނެކަންކަށަވަރީ ހަމަ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންނެވިއްޔާއެވެ. އަދި ކަލޭމެންނަކީ ދެން އޭރުން އެ عذاب دفاع ކޮށް އެކަލާނގެ ނުކުޅައްދައިލެވޭނެ ބަޔަކުނޫނެވެ. 34. (34) އަދި ތިމަންކަލޭގެފާނު ކަލޭމެނަށް نصيحة ދޭން قصد ކުރިނަމަވެސް ﷲ ކަލޭމެން ތެދުމަގުން އެއްފަރާތްކޮށްލާ މަގުފުރައްދައިލުމަށް އެދިވޮޑިގަންނަވަންޏާ ތިމަންކަލޭގެފާނުންގެ نصيحة ން ކަލޭމެނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަލާނގެ އެއީ ހަމަކަލޭމެންގެ ربّ އެވެ. އަދި ކަލޭމެން رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. 35. (35) (ﷲ ވަޙީ ކުރެއްވިއެވެ.) ނުވަތަ އެމީހުން يعني: مكّة ގެ مشرك ން އެބުނަނީ އެކަލޭގެފާނު يعني: محمّد ގެފާނު نوح ގެފާނުންގެ ވާހަކަ އޭގައި އެކުލެވިގެން އެވާ އެ قرآن އާއި نُوح (عليه السّلام) ގެވާހަކަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވިކަމަށްހެއްޔެވެ؟ (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހަދައި އެފޮތް ﷲ އަށް نسبة ކުރާނަމަ އެކަމުގެ ކުށް އަދި ފާފަ އޮންނާނީ ހަމަ ތިމަންކަލޭގެފާނަށެވެ. އަދި ކަލޭމެން ކުރާ ފާފައިން ތިމަންކަލޭގެފާނު ބަރީއަވެގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute