Ibrahim 14:25 توتي اكلها كل حين باذن ربها ويضرب الله الامثال للناس لعلهم يتذكرون ٢٥
تُؤۡتِيٓ
أُكُلَهَا
كُلَّ
حِينِۭ
بِإِذۡنِ
رَبِّهَاۗ
وَيَضۡرِبُ
ٱللَّهُ
ٱلۡأَمۡثَالَ
لِلنَّاسِ
لَعَلَّهُمۡ
يَتَذَكَّرُونَ
٢٥
(25) އެގަހުގެ މޭވާ އެގަހުގެ ވެރި ربّ ގެ إذن ފުޅަށް ކޮންމެހިނދެއްގައިވެސް ލިބެއެވެ. އަދި މީސްތަކުންނަށް ﷲ تعالى މިސާލުތައް ޖައްސަވަނީ އެމީހުން نصيحة އާއި وعظ ލިބިގަނެ عبرة حاصل ކުރުމަށްޓަކައެވެ.
• ދަންނައެވެ! މިދެއާޔަތުން މިސިފަކުރައްވާ ރަނގަޅު كلمة އަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ شَهَادَة أَن لاَ إله إلاّ ﷲ މި كلمة ކަމަށެވެ. (އެބަހީ: ﷲ ނޫން إله އަކު ނުވާކަމަށް ހެކިވުންކަމަށެވެ.) އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ مؤمن އަޅާގެ إيمان އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ހަމަ ސީދާ مؤمن އަޅާކަމަށެވެ. އަދި ރަނގަޅު ގަހަކީ އެއީ ކަދުރު ރުއްކަމުގައި ވިދާޅުވާ مفسّر ން ގިނައެވެ. ކޮންމެއަކަސް مؤمن އަޅާ ބިމުގައި ގަސްފަދައިން ރަނގަޅަށް ސާބިތުވެހުރެ އޭނާ ﷲ އަށް ذِكر ކޮށް ހެޔޮކަންތައްތައް ކުރުމުން އެކަންތައްތައް ވަގުތުން އުޑަށް އުފުލެއެވެ. އެއީ ގަހުގެ ގޮފިތައް މައްޗަށްގޮސް އުޑާއި ހަމައަށް ދާ މިސާލެވެ. ކޮންމެހިނދެއްގައިވެސް އޭނާ ذكر ކޮށް އަޅުކަން ކުރުމުން އޭގެ ދަރުމަޔާ ސަވާބު އޭނާއަށް ލިބެއެވެ. އެއީ ގަހުގެ މޭވާ އަބަދު ލިބެވޭ މިސާލެވެ. ކަދުރު ރުކަކީވެސް އޭގެ މޭވާޔާ ފައިދާ އަބަދުވެސް ލިބެވޭ އެއްޗެކެވެ. والله أعلم.
Read Tafsir
Ibn Kathir (Abridged)
The Parable of the Word of Islam and the Word of Kufr
`Ali bin Abi Talhah reported that `Abdullah bin `Abbas commented that Allah's statement,
مَثَلاً كَلِمَةً طَيِّبَةً
(a parable: a goodly word), refers to testifying to La ilaha illallah, (none has the right to be worshipped but Allah) while,
كَشَجَرة
…The Parable of the Word of Islam and the Word of Kufr
`Ali bin Abi Talhah reported that `Abdullah bin `Abbas commented that Allah's statement,
مَثَلاً ك
…