Sign in
Sign in
Sign in
Select Language
038

Sad 38:21 ۞ وهل اتاك نبا الخصم اذ تسوروا المحراب ٢١

38:21
۞ وَهَلۡ
أَتَىٰكَ
نَبَؤُاْ
ٱلۡخَصۡمِ
إِذۡ
تَسَوَّرُواْ
ٱلۡمِحۡرَابَ
٢١
(21) (އޭ رسول الله އެވެ.) دعوى ކުރާ خصم ންގެ خبر ކަލޭގެފާނުންގެ އަރިހަށް އައިތޯއެވެ؟ محراب ގެ ފާރުމަތިން (داود عليه السّلام އިންނެވި منزل ގެ ފާރުމަތިން) އެދެ خصم ން އެރި ހިދުންނެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Story of the Two Litigants

In discussing this passage, the scholars of Tafsir mention a story which is mostly based upon Isra'iliyat narrations. Nothing has been reported about this from the Infallible Prophet that we could accept as true. But Ibn Abi Hatim narrated a Hadith whose chain of narrat

…

The Story of the Two Litigants

In discussing this passage, the scholars of Tafsir mention a story which is mostly based upon Isra'iliyat narrations. No

…
More Tafsirs

Read in Context

Chapter 38, Page 454, Juz 23

15. (15) އަދި މިއެންމެންވެސް ހަމައެކަނި އެންމެ އަޑުފަށަކަށްމެނުވީ (ތާޅަފިލި ފުންމަވާލެއްވުމަށްމެނުވީ) إنْتِظَارُ ނުކުރެއެވެ. އެއަޑުފަށަށް އެއްވެސް ހުއްޓުމެއްނުވެއެވެ. 16. (16) އަދި އެމީހުން އެބަހީ ކާފަރުން ބުންޏެވެ. "އޭއަޅަމެންގެ رَبُّ އެވެ. އަޅަމެންނަށް އޮތް އެއްޗެއްވިއްޔާ (ހެވަސް ނުބަޔަސް) ހިސާބު ބައްލަވާދުވަހުގެކުރިން އަޅަމެންނަށް އަވަސްކޮށްދެއްވާށެވެ." (އެއީ عَذَاب އަކަސް ثَوَاب އަކަސް މެއެވެ.) 17. (17) (އޭ رَسُولُ الله އެވެ!) އެމީހުން އެބުނާއެއްޗެއްސާއި މެދު ކެތްތެރިވެވަޑައިގަންނަވާށެވެ. އަދި ތިމަންރަސްކަލާނގެ އަޅާ دَاوُد ހަނދުމަފުޅު ކުރައްވާށެވެ. އެކަލޭގެފާނަކީ ދީނުގެ ކަންތަކުގައި ގަދައަތެއްވާބޭކަލެކެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ގިނަގިނައިން ﷲ އަށް تَوْبَة ވެ ވަޑައިގަންނަވާ ބޭކަލެކެވެ. 18. (18) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް ކިޔަމަންކުރެއްވީމެވެ. އެތަކެތި އެކަލޭގެފާނާއިއެކު ހަވީރުގެ ވަގުތުގައްޔާއި އަދި ހެދުނުގެ ވަގުތުގައި تسبيح ކިޔައެވެ. ﷲ ހުސްطاهر ވަންތަކުރެއެވެ. 19. (19) އަދި ދޫނިތައް ބައިބަޔަށް ޖައްވުގެތެރޭގައި ޖަމާވެ ހިފެހެއްޓިގެންވެއެވެ. އެހުރިހާތަކެތި އެކަލޭގެފާނަށް ކިޔަމަންތެރިވެގެންވެއެވެ. އެކަލޭގެފާނާއިއެކު ﷲ އަށް تسبيح ކިޔާނެއެވެ. 20. (20) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ވެރިކަން ގަދަކޮށްދެއްވީމެވެ. (އެއީ عداوة ތެރިންގެ މައްޗަށް އެކަލޭގެފާނަށް نصرދެއްވައި مادّى އަދި روحانى ބާރުތައް ދެއްވައިގެންނެވެ.) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް حكمة ދެއްވީމެވެ. އެއީ نبي ކަމާއި އެކަލޭގެފާނު ކުރައްވާ ކޮންމެ حكم އެއްގެ معرفة ވެރިކަމެވެ. އަދި ނިޔާކުރެއްވުމުގެ ރަނގަޅު ގޮތާއި ރަނގަޅުވިސްނުން ދެއްވީމެވެ. (ވާހަކަ ވަކިކުރުމާއި حكم ވަކިކުރެއްވުމުގެ ހުނަރުވެރިކަން ދެއްވީމެވެ.) • ދަންނައެވެ. فصل الخطاب އަކީ ކޮން އެއްޗެއް ކަމާއިމެދު مفسر ންގެ ބަސް ތަފާތެވެ. މިފޮތުގައި ލިޔެވިފައިވަނީ އޭގެތެރެއިން ދެގޮތެކެވެ. والله أعلم. 21. (21) (އޭ رسول الله އެވެ.) دعوى ކުރާ خصم ންގެ خبر ކަލޭގެފާނުންގެ އަރިހަށް އައިތޯއެވެ؟ محراب ގެ ފާރުމަތިން (داود عليه السّلام އިންނެވި منزل ގެ ފާރުމަތިން) އެދެ خصم ން އެރި ހިދުންނެވެ. 22. (22) އެމީހުން داود عليه السّلام ގެއަރިހަށް އައިހިނދުން އެކަލޭގެފާނުން ސިހިވަޑައިގެންނެވިއެވެ. އެބޭކަލުންދެންނެވިއެވެ. "ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ. އަހުރެމެންދެމީހުންނަކީ ދެ خَصْمُ ންނެވެ. މައްސަލައެއްގައި (قَضِيَّة އެއްގައި) ނިޔާއެއްކޮށްދެއްވުން އެދިގެން އައީއެވެ. (دّعْوَى ކުރާމީހަކާއި دّعْوَى ލިބޭމީހެކެވެ.) އަހުރެމެންދެމީހުން އެކަކު އަނެކަކުގެމައްޗަށް ރުޅިއައިސްގެން ޢަދާވަތްތެރިވީއެވެ. ފަހެ ކަލޭގެފާނުން އަހުރެމެންގެމެދުގައި ހަމަ حَقُّ ގޮތުގައި حُكُم ކޮށްދެއްވާށެވެ. އަދި ކަލޭގެފާނުން حُكُم ގައި އަނިޔާވެރިވެ ވަޑައި ނުގަންނަވާށެވެ! އަދި އަޅުގަޑުމެންނަށް ހަމަސީދާ ތެދުމަގަށް މަގުދައްކަވާ ބައްލަވާށެވެ." 23. (23) " އަޅުގަޑުމެންގެ މިމައްސަލައަކީ މިއިނީ ދީނީގޮތުން އަޅުގަނޑުގެ أَخُ އެވެ. އޭނާއަށް ނުވަދިހަ ނުވަބަކަރިވެއެވެ. އަދި އަހުރެންނަށްވަނީ އެންމެ ބަކަރިއެކެވެ. ދެންފަހެ އޭނާއެ އެދެނީ އަހުރެންގެ އަތުގައިވާ އެންމެ ބަކަރިވެސް އޭނާއަށް މިލްކުކޮށްދޭށެވެ. އަދި ވާހަކަ ދެއްކުމުގައި ޖަދަލުކުރުމުގެ ގޮތުން އޭނާ އަހުރެންގެ މައްޗަށް ގަދަވެގެންފިއެވެ." 24. (24) داود عليه السّلام، އަނެއްމީހާގެ ވާހަކައަށް ބައްލަވައިނުލައްވައި، دَعْوَى ކުރާމީހާއާއި ދިމާލަށް ވިދާޅުވިއެވެ. "އޭނާގެ ބަކަރިތަކުގެތެރެއަށް ލުމަށްޓަކައި ކަލޭގެ ބަކަރިދޭން، އޭނާ ކަލޭގެކިބައިން އެދުނުކަން އެއީ އޭނާ ކަލެއަށްކުރި އަނިޔާއެކެވެ. ހަމަކަށަވަރުން އީމާންވެގެން صَالِحُ عَمَلُ ކުރިމީހުން މެނުވީ (އެއީ މަދުބައެކެވެ.) ވަރަށްގިނަ ބައިވެރިން އޭގެ އެއްބައެއްގެމައްޗަށް އަނެއްބަޔަކު އަނިޔާވެރިވެއެވެ!" • ދަންނައެވެ. މިހިސާބަށް ވާހަކަ ދިޔަތަނާ ސަރިއަތަށް އައިސްތިބި ދެމީހުން ގެއްލިއްޖެއެވެ. تَفْسِيْرُ عِلمُ ވެރިންގެތެރޭގައި މަޝްހޫރުވެގެންވަނީ، އެއީ داود عليه السّلام، إمْتِحَانُ ކުރެއްވުމަށް ﷲ ފޮނުއްވި ދެމަލާއިކަތްބޭކަލުން ކަމަށެވެ. داود عليه السّلام ގެ حُكُم ފުޅުގައި ޢަދުލުވެރިކަމުން ނެއްޓޭފަދަ ގޮތެއްމެދުވެރިވީކަމުގައި عِلمُ ވެރިން ލިއުއްވައެވެ. އެއީ دَعْوَى ކުރިމީހާގެވާހަކަ އެކަނި އައްސަވާފައި އަނެއްމީހާގެވާކަ ނާއްސަވައި حُكُم ކުރެއްވެވިކަމެވެ. ދެންފަހެ އެދެބޭކަލުން އެތަނުން ގެއްލުމުން (غائب ވުމުން) ﷲ އެކަލޭގެފާނު إمتحان ކުރެއްވީކަން داود عليه السلام އަށް يقين ފުޅުވެއްޖެއެވެ. ދެންފަހެ އެކަލޭގެފާނުންގެ رب ގެ حضرةގައި އެކަލޭގެފާނުންގެ ފާފަފުއްސެވުމަށް އެދިވަޑައިގެންދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެންނެވިއެވެ. 25. (25) ﷲ އެކަލޭގެފާނަށް ފާފަ ފުއްސެވި ކަމުގައި وحي ކުރެއްވިއެވެ. އަދި وحي ކުރެއްވިއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ގާތްކަމާއި އަދި އެނބުރި ދާތަނުގެ ރަނގަޅުކަން ހުއްޓެވެ. ސުވަރުގެ ހުއްޓެވެ. އަދި މި آية ގެ تفسير ލިޔުއްވި ބައެއް ބޭކަލުން ގެންނަވާފައިވާ إسرائيلى ބައެއް ރިވާޔަތްވެއެވެ. އޭގެތެރޭގައި رسول ބޭކަލުންގެ درجة ފުޅާއި އެކަށީގެންނުވާ ވާހަކަވެސްވެއެވެ. އެހެންވެ އެބާވަތުގެވާހަކަ ލިޔާހިތްނުވީއެވެ. والله أعلم. 26. (26) (ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ.) އޭ داود އެވެ. ހަމަކަށަވަރުން ބިމުގައި خَلِيْفَة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނުލެއްވީމެވެ. އެހެންވެ މީސްތަކުންގެމެދުގައި عَدْلُ ވެރި ހަމަޙައްޤު ގޮތުގައި حُكُم ކުރައްވާށެވެ. [އަދި ކަލޭގެފާނުންގެ ނަފުސުގެ އެދުންތަކާއި ތަބަޢަވެވަޑައި ނުގަންނަވާށެވެ.] ފަހެ އެހެންނޫންނަމަކަލޭގެފާނު الله މަގުން ކަހައިލާ ފުރެދިވަޑައިގެންފާނެއެވެ. (މަގުފުރެދިދާނެއެވެ.) ހަމަކަށަވަރުން ﷲ ގެމަގުން ފުރެދޭމީހުން (ދަންނައެވެ.) އެމީހުންނަށް ހުންނަހުރީ ގަދަވެގެންވާ ޢަޒާބެވެ. އެއީ ހިސާބުބައްލަވާދުވަސް އެމީހުން ހަދާންނެތުމުގެ ސަބަބުންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute