Sign in
Sign in
Sign in
Select Language
010

Yunus 10:86 ونجنا برحمتك من القوم الكافرين ٨٦

10:86
وَنَجِّنَا
بِرَحۡمَتِكَ
مِنَ
ٱلۡقَوۡمِ
ٱلۡكَٰفِرِينَ
٨٦
އަދި كافر ވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ رحمة ފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!
Continue Reading

Read Tafsir

Ibn Kathir (Abridged)

Musa encouraged His People to put Their Trust in Allah

Allah told us that Musa said to the Children of Israel:

يقَوْمِ إِن كُنتُمْ ءامَنْتُمْ بِاللَّهِ فَعَلَيْهِ تَوَكَّلُواْ إِن كُنْتُم مُّسْلِمِينَ

(O my people! If you have believed in Allah, then put your trust in Him if you are Muslims.) Allah is

…

Musa encouraged His People to put Their Trust in Allah

Allah told us that Musa said to the Children of Israel:

يقَوْمِ إِن كُنتُمْ ءامَنْتُمْ بِاللَّهِ
…
More Tafsirs

Read in Context

Chapter 10, Page 218, Juz 11

83. ފަހެ، موسى ގެފާނަށް އެކަލޭގެފާނުގެ قوم ގެ ބައެއް ދަރިކޮޅު މެނުވީ إيمان އެއް ނުވެތެވެ. (އެއީ) فرعون އާއި، އޭނާގެ ބޮޑުންނަށް ބިރުންނެވެ. އެއުރެންނަށް އަނިޔާކޮށް، دين ން އެއްކިބާކޮށްފާނެ ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، فرعون އަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން، އޭނާވަނީ (އަނިޔާވެރިކަމާއި فساد ވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ. 84. އަދި موسى ގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނެވެ! ތިޔަބައިމީހުން اللَّه އަށް إيمان ވެގެންވާނަމަ، ފަހެ، އެކަލާނގެއަށް وكيل ކުރާށެވެ! ތިޔަބައިމީހުންނީ مسلم ން ކަމުގައި ވާނަމައެވެ. 85. ފަހެ، އެއުރެން ދެންނެވޫއެވެ. اللَّه އަށް އަޅަމެން وكيل ކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ! 86. އަދި كافر ވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ رحمة ފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ! 87. ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ أخ (هارون ގެފާނު) އަށް وحى ކުރެއްވީމެވެ. ތިޔަ ދެބޭކަލުންގެ قوم ގެމީހުންނަށް مصر ގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، قبلة އަށް ބަހައްޓައި، ނަމާދު قائم ކުރާށެވެ! އަދި ކަލޭގެފާނު مؤمن ތަކުންނަށް (نصر ލިބޭނެކަމުގެ) އުފާވެރި خبر ދެއްވާށެވެ! 88. موسى ގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ فرعون އަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ފެނިއްޖައުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. 89. އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ دعاء އިޖާބަކުރައްވައިފީމެވެ. ފަހެ، ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ! ނުދަންނަ މީހުންގެ މަގަށް ތިޔަ ދެބޭކަލުން تبع ވެވަޑައި ނުގަންނަވާހުށިކަމެވެ! 90. ކަނޑުހުރަސް ކުރައްވައި، ތިމަންރަސްކަލާނގެ އިސްރާއީލުގެދަރިން ގެންދެވީމެވެ. ފަހެ، فرعون އާއި، އޭނާގެ لشكر ދެކޮޅުވެރިކަމާއި، عداوة ތެރިކަމުގެ ގޮތުގައި އެއުރެންގެ ފަހަތުން ދިޔައޫއެވެ. ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. އިސްރާއީލުގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ. 91. (އެވަގުތު فرعون އަށް އެންގެވިއެވެ. ކަލޭ ތިޔަ إيمان ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ. 92. ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަނެތް) ހަށިގަނޑު ސަލާމަތްކުރައްވާހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަބަޔަކަށް، عبرة އެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަމީހުންވަނީ ތިމަންރަސްކަލާނގެ آية ތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ قدرة ތެރިކަމުގެ މައްޗަށް دليل ކުރާ ހެކިތަކާމެދު) غافل ވެގެންކަން ކަށަވަރެވެ.

- Office of the President of Maldives

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute